twitterviber whatsapp telegramfacebookyoutube instagram
22nd July 2025

ރޮހިންޔާ މުސްލިމުންނާއެކު ތިބިކަން ހާމަކޮށް ކުޅުދުއްފުށީގައި އަޑުއުފުލައިފި

Sep 29, 2017

މިޔަންމާގެ ސަރުކާރުން އެގައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުކޮށްވެރިކޮށް  ރޮހިންޔާ މުސްލިމުންގެ ހައްގުގައި ކުޅުދުއްފުށީ ރައްޔިތުން ހިނގާލުމެއް ބާއްވާ އަޑުއުފުލައިފި އެވެ.

މިއަދު ހަވީރު އަމީނީމަގު ކުރިއަށް ގެންދިޔަ މި ހަރާކާތަކީ ކުޅުދުއްފުށީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ރޮހިންޔާ މުސްލިމުންގެ ހައްގުގައި އަޑުއުފުލާ، އެ ރައްޔިތުންނާއެކު ތިބިކަން އަންގައިދިނުމުގެ ގޮތުން ޝުއޫރު ލިޔެފައިވާ ބޯޑްތަކާއި ބެނާތައް ވަނީ ބޭނުންކޮށްފަ އެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގައިވެސް އަންނަނީ ރޮހިންޔާ މުސްލިމުންގެ ހައްގުގައި އަޑުއުފުލައި، ފަންޑް ހޯދުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ކުޅުދުއްފުށީގައި ހިނގުނު ފަންޑް ހޯދުމުގެ ހަރަކާތުން 2 ލައްކައެއްހާ ރުފިޔާވަނީ ހޯދާފަ އެވެެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355