twitterviber whatsapp telegramfacebookyoutube instagram
18th April 2024

ދިއްދޫ އާއި ފުނަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

Sep 29, 2017

ހއ ދިއްދޫގައި އާއި ށ ފުނަދޫގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ (މިރާ) ގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި އެވެ.

ވަކިވަކިން މި ދެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ދިއްދޫ ކަލެކްޝަން ސެންޓަރު ހުޅުވާދެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ހއ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމެވެ.

ދިއްދޫ ކަލެކްޝަން ސެންޓަރު ހުޅުވައިދެއްވަނީ–

ފުނަދޫ ކަލެކްޝަން ސެންޓަރު ހުޅުވާދެއްވީ ށ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާރިފް އާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ.

ދިއްދޫ އަދި ފުނަދޫ ކަލެކްޝަން ސެންޓަރަކީ އެ ސަރަހައްދުގެ އަތޮޅުތަކުގެ ރައްޔިތުންނަށާއި ޓެކްސްދައްކާ ފަރާތްތަކަށް މީރާގެ ހިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއްކަމަށާއި، މި އަހަރުގެ ތެރޭގައި އިތުރު އެހެން އަތޮޅުތަކެއްގައިވެސް މީރާގެ ހިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް އެ އޮތޯރިޓީން މައުލޫމާތުދެ އެވެ. މީރާގެ އޮފީސްތައް 12 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ.

އަތޮޅު ތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބެއެވެ. އޭގެތެރޭގައި ވިޔަފާރިތައް ޓެކްސްތަކަށް ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހާއި، މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމަށް މީރާ މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355