twitterviber whatsapp telegramfacebookyoutube instagram
25th May 2025

ނޮޅިވަރަންފަރު ސްކޫލްގެ ބެލެނިވެރިން ފަންޑު ހޯދުމަށް އަތްތެރިކަމުގެ މައުރަޒެއް ބާއްވައިފި

Sep 30, 2017

ނޮޅިވަރަމްފަރު ސްކޫލް ޕީޓީއޭއިން އިސްނައިގެން ފަންޑް ރައިޒް ކުރުމަށް އަތްތެރިކަމުގެ މައުރަޒެއް ބާއްވައިފި އެވެ.

އެސްކޫލް ބެލެނިވެރިންނަށް އަމާޒުކޮށްގެން އިއްޔެ ހަވީރު 16:00 ން 18:00 އަށް ކުރިއަށް ގެންދިޔަ މި މައުރަޒުން ތަކެތި ވިއްކައިގެން ޖުމްލަ 8116.00 ރުފިޔާ ވަނީ ލިބިފައެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އެސްކޫލުގެ ޕްރިންސިޕަލް އަލީ އަހުމަދު ވިދާޅުވީ އެ މައުރަޒުން ލިބުނު ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ޕީޓީއޭއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށާއި ދަރިވަރުންގެ ކުރިއެރުމަށް ރޭވިފައިވާ ހަރަކާތްތަކަށް ކަމަށެވެ.

މީގެ އިތުރުން މައުރަޒާއި ގުޅުވައިގެން ޕީޓީއޭއިން އިސްނަގައިގެން ފިއްޒާ ޑޭގެ ނަމުގައި ފިއްޒާ ވިއްކުމުގެ ހަރަކާތެއްވެސް އިއްޔެ ކުރިއަށް ގެންދިޔަ ކަމަށާއި  މި ހަރަކާތުން ގާތްގަނޑަކަށް 2900 ރުފިޔާ ލިބިފައިވާ ކަމަށް އަލީ އަހުމަދު ވިދާޅުވި އެވެ. އަދި މި ރުފިޔާވެސް ބޭނުން ކުރެވޭނީ ޕީޓީއޭއިން ކުރިއަށް ގެންދިއުމަށް ކަލަންޑަރުގައި ރޭވިފައިވާ ހަރަކާތްތަކަށް ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

ނޮޅިވަރަންފަރު ސްކޫލު ބެލެނިވެރިން ހެދި ބައެއް ތަކެތި–

 

މި ހަރަކާތުގެ މަގުސަދަކީ ބެލެނިވެރިން އެއްތާކަށް އެއްވެ ގުޅުން ބަދަލު ކުރުމުގެ ފުރުސަތު ދިނުމާއި އެއްތާކުން އެކި ކަހަލަ ތަކެތި ގަތުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށްވެސް އަލީ އަހުމަދު ވިދާޅުވި އެވެ. މީގެ އިތުރުން މި ހަރަކާތުގައި ބެލެނިވެރިންގެ ފަރާތުން ލިބުން އެއްބާރުލުން ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ އޮގަސްޓުމަހުވެސް ޕީޓީއޭއިން އިސްނަގައިގެން އެސްކޫލުގައި ބޭއްވި ފުޑް ފެއާރ ގައި 52000 ރުފިޔާ ވަނީ ލިބިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355