twitterviber whatsapp telegramfacebookyoutube instagram
25th May 2025

އޮކްސްފޯޑް ޔުނިވާސިޓީގައި ހުރި އަންގް ސަން ސޫކީގެ ފޮޓޯ ނަގައިފި

Sep 30, 2017

މިއަންމާގެ ލީޑަރު އަންގް ސަން ސޫކީގެ ކިޔެވި އޮކްސްފޯޑް ޔުނިވާސިޓީގެ އެސްޓީ ހިޔުގްސް ކޮލެޖްގައި އިން ސޫކީގެ ފޮޓޯ ނަގައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސޫކީގެ ފޮޓޯ ނަގައިފައި ވަނީ މިއަންމާގެ ރޮހިންޖާ މުސްލިމުންގެ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށް ހަބަރުތަކުން މައުލޫމާތު ލިބެއެވެ.

ސޫކީގެ އެކުރެހުމަކީ 1997 ވަނަ އަހަރު ކުރެހުންތެރިޔާ ޗެން ޔަނިންގް ކުރަހާފައިވާ ކުރެހުމެކެވެ. އަދި އެ ކުރެހުމަކީ ސޫކީގެ ފިރިމީހާއަށް ނިސްބަތްވާ ކުރެހުމެއް ކަމަށާއި ފިރިމީހާ ނިޔާވުމަށްފަހު ޔުނިވާސިޓީއަށް އެ ކުރެހުން ވަނީ ހަދިޔާކޮށްފައި ކަމަށް ހަބަރުތަކުން މައުލޫމާތު ލިބެއެވެ.

“ދަ ގާޑިއަން” އަށް އެސްޓީ ހިޔުގްސް ކޮލެޖްގެ ދަރިވަރެއް މައުލޫމާތުދެމުން ބުނެފައިވާ ގޮތުގައި ފޮޓޯ ނެގުމަށް ނިންމާފައިވަނީ ކޮލެޖްގެ ގަވާމެންޓް ބޮޑީ އިންނާއި ކޮލެޖްގެ އިސްފަރާތްތަކާއި ޕްރިންސިޕަލް ޑޭމް އެލިޝް އެންޖިއޮލިނީ ބައިވެރި ބައްދަލުވުމެއްގައި ކަމަށެވެ.

ސޫކީ ވަނީ 1964 އިން 1967 ވަނަ އަހަރާއި ހަމައަށް އޮކްސްފޯޑް ޔުނިވާސިޓީގައި ޕޮލިޓިކްސް، ފިލޯސޮފީ އަދި އިކޮނޮމިކްސް ކިޔަވާފައިވާ އެވެ. އޭގެ އިތުރުން 2012 ވަނަ އަހަރު ވަނީ ސޫކީގެ 67 ވަނަ އުފަންދުވަހުގެ ޕާޓީ ވެސް އެކޮލެޖުގައި ބާއްވާފައި އެވެ.

މިއަންމާއަށް ކުރަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުތަކުގެ ސަބަބުން މިހާރު ވަނީ 400،000 އަށް ވުރެ ގިނަ ރޮހިންޔާ މުސްލިމުން ބަގްލަދޭޝަން ހިޖުރަކޮށްފައި އެވެ. އަދި ރޮހިންޔާ މުސްލިމުންނަށް އެހީވެދިނުމުގެ ގޮތުން ރާއްޖޭގައިވެސް ގިނަ ހަރަކާތްތަކެއް ކުރަމުން އެބަދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355