twitterviber whatsapp telegramfacebookyoutube instagram
31st October 2025

ދިރާގު ފައިބަރ ބްރޯޑްބޭންޑް ގެ ހިދުމަތް އިތުރު 5 ރަށަކަށް

Sep 30, 2017

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް އިތުރު އިތުރު 5 ރަށަކަށް ފޯރުކޮށްދީފި އެވެ.

އެގޮތުން މި ހިދުމަތް ފޯރުކުރެވުނު ރަށްތަކަކީ އދ. ދަނގެތި، އަދ. މާމިގިލި، އއ. އުކުޅަސް، އއ. މަތިވެރި އަދި އއ. ބޮޑުފުޅަދޫ އެވެ.

މި ރަށްރަށުގައި މި ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ތައާރަފްކޮށްފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ފައިބަރ ހިދުމަތަށް އެދޭ ފަރާތްތަކަށް ފައިބަރ ބްރޯޑްބޭންޑް ގުޅައިދިނުމުގެ ފީ މުޅިން ހިލޭ ދިރާގުން ފޯރުކޮށްދޭނެއެވެ.

ދިރާގުން ފައިބަރ ނެޓްވޯކް ގާއިމްކޮށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ކ.މާފުށީ، ކ.ތުލުސްދޫ، ކ. ދިއްފުށި، ކ. ގުރައިދޫ، ލ. ގަން، ލ. ފޮނަދޫ ވ. ކެޔޮދޫ، ވ.ފުލިދޫ، ވ.ތިނަދޫ އަދި ބ. ދަރަވަންދޫގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355