twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަފީފުއްދީން ސްކޫލުގައި ބެލެނިވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ

Sep 30, 2017

އަފީފުއްދީން ސްކޫލުން ކުލަގަދަކޮށް ބެލެނިވެރިންގެ ދުވަސް ފާހަގަ ކުރަމުން އެބަ ގެންދެއެވެ.

3 ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތް ފަށާފައިވަނީ ސެޕްޓެމްބަރ 28 އެވެ. އެގޮތުން މި ހަރަކަތްތައެް ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރު 16:15 ގައި އަމީނީ މަގުގައި ބޭއްވި ހިނގާލުމަކުންނެެވެ. މި ހިނގާލުމުގައި ބެލެނިވެރިންނާއި މުދަރިއްސުން އަދި ސްކޫލްގެ މުވައްޒަފުން ވަނީ ބައިވެރިވެެފަ އެވެ.

ބެލެނިވެރިންގެ ދުވަސް ފެށުމަށް ބޭއްވި ހިނގާލުމުގެ ތެރެއިން– ފޮޓޯ: އަފީފުއްދީން ސްކޫލް

އެރޭ ސްޓޭޖް ހަރަކާތްތައްކެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ބަހުސް، ރައިވަރު ކިއުން، ބަނދި ކިއުން، ކުއްލި މައުލޫއަށް ވާހަކަ ދެއްކުން، އެހެން ބަހުރުވައިން ވާހަކަ ދެއްކުމާއި ޕްއެމް ކިއުމުގެ އިތުުރުން ޑްރާމާ ހުށައެޅުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ބެލެނިވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ސްޓޭޖް ހަރަކާތަކުގެ ތެރެއިން– ފޮޓޯ : އަފީފުއްދީންސްކޫލް

29 ވަނަ ދުވަހު ހެނދުނާއި ހަވީރު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު ހެނދުނު ގެންގޮސްފައިވަނީ މޫދު ހަރަކާތްތަކެވެ، އެގޮތުން ކަސްރަތު، މޫދު މަޖާ އަދި “ބަދަހި” ސައިފޮދުގެ ނަމުގައި 3 ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އަދި އެދުވަހު 3 ފައި ރޭސް، ބިސްރޭސް، ބައިސްކަލް ދުއްވުން އަދި ބޯލް ޝޫޓިންފަދަ އެކު ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ބެލެނިވެރިންގެ ދުވަހުގެ ހަރަކާތް ނިންމުމުގެ ގޮތުން މިރޭ ސްކޫލުގައި ބެލެނިވެރިންނާއި މުދައްރިސުންގެ ހާއްސަ ފުޓްސަލް މެޗެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355