twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގައި އާސަންދަ އޮފީހެއް ހުޅުވައި ހިދުމަށްދޭން ފަށައިފި

Oct 1, 2017

އާސަންދަ ކޮމްޕެނީގެ ނޮދަރ ރީޖަންގެ އޮފީހެއް ކުޅުދުއްފުށީގައި މިއަދު ހުޅުވައި ހިދުމަތްދޭން ފަށައިފި އެވެ. މިއީ އާސަންދަ އަތޮޅުތެރޭގައި ހުޅުވި ފުރަތަމަ އޮފީހެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ މި އޮފީސް ހުޅުވައިދެއްވީ ދާދި ދެންމެއަކު ބޭއްވި ރަސްމިއްޔާތެއްގައި އެހޮސްޕިޓާ ހިންގާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް( އެންއައިއައި) ގެ ޑިރެކްޓަރު އަލީ އުސެއިދު އެވެ.

މި އޮފީސް ހުޅުވިގެން ދިޔުމުން ރާއްޖޭއިން ބޭރަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން ރިކޮމެންޑްކުރާ ބަލި މީހުންނަށް އާސަންދައިގެ ހުރިހާ ހިދުމަތެއް ހަމަޖައްސާދޭނީ މި އޮފީހުނެވެ.

އާސަންދައިން ބުނީ މިއޮފީސް އަދި ހުޅުވިފައިހުންނާނީ ސަރުކާރުގެ ރަސްމީ ގަޑީގަ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް އަންނަ އިތުރު ތަރައްގީއާއެކު 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުވެގެންދާނެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުސެއިދު ވިދާޅުވީ މިއޮފީހުގެ ސަބަބުން ބަލި މީހުން ރާއްޖޭއިން ބޭރަށް ފޮނުވާލުމުގައި ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލުވެގެން ދިއުމުން ބޭރަށް ފޮނުވަން ޖެހޭ ބަލި މީހުން މަދުވެގެންދާނެކަމަށް އުންމީދުކުރާ ކަމަށެވެ.

މިރަސްމިއްޔާތު ހޮސްޕިޓަލުގެ ވެރިންނާއި އާސަންދައިގެ އިސް ބޭފުޅުންގެ އިތުރުން ކައުންސިލަރުން ބައިވެރިވި އެވެ.

އާސަންދަ ނޮރަދ ރީޖަން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ފޮޓޯ ގެލެރީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355