twitterviber whatsapp telegramfacebookyoutube instagram
25th May 2025

ކުޅުދުއްފުށީގައި ތިބެގެން ޑައިވިން ހަދަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް !

Oct 1, 2017

ކުޅުދުއްފުށީގައި ތިބެގެން ޑައިވިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މިއޮތީ ރަނުގެ ފުރުސަތެކެވެ. މިހާރު ކުޅުދުއްފުށީގައި ސްކޫބަރ ޑައިވިން ކޯސްތަކެއް ފެށިގެން އެބަ ކުރިއަށްދެ އެވެ.

މީގެ 10 ވަރަކަށް ދުވަސްކުރިން ފެށިގެން ކުރިއަށްގެންދާ މިކޯސްތަކަކީ ސަމަރ ގެސްޓް ހައުސް އެންޑް ޑައިވް އާއި ސްކޫބަރ ގިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން ކުރިއަށް ގެންދާ ކޯސްތަކެކެވެ.

މިކޯސްތަކާބެހޭ ގޮތުން ކޭއޯއަށް މައުލޫމާތު ދެއްވަމުން ސްކޫބަރ ގިއަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ވަހީދު ވިދާޅުވިގޮތުގައި މި ކޯސްތަށް މިރަށުގައި ހިންގުމުގެ އެންމެ ބޮޑު މަޤުސަދަކީ އަމިއްލަ ރަށުގައި  ތިބެގެން ވަރަށް ހެޔޮ އަގެއްގައި ޑައިވިން ކޯސްތަށް ހަދަން ބޭނުންވާ ކުދިންނަށް އެފުރުސަތު ހޯދައި ދިނުމެވެ. ހަމައެއާއެކު ސްކޫބާ ޑައިވިން އިންޑަސްޓްރީގައި ދިވެހިންނަށް ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ދެއްވުމާ އިންޑަސްޓްރީއަށް ހުރިހާ އުމުރެއްގެ ބޭފުޅުން ހޭލުންތެރި ކުރެއްވުމެވެ.

ސަމަރ ގެސްޓްހައުސް އެންޑް ޑައިވް ގެ ވެރިޔާ ސަންމޫން އަބްދުﷲ ވިދާޅުވިގޮތުގައި މުސްތަގުބަލުގައި ޑައިވިން ކެރިޔަރ އެއް ހިޔާރުކުރަން ބޭނުންވާ ދެޖިންސުގެ ޒުވާނުންނަށް ސަމަރ ގެސްޓް ހައުސް އެންޑް ޑައިވްސެންޓަރ ގައި އިންޓާރންސިޕް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުށިގައި މިހާރު ކުރިއަށްގެންދާ ޑައިވިން ކޯސްތަކުގެ ތެރެއިން–

 

ކުޅުދުއްފުށީގައި މިހާރު ހިންގަމުންދާ ކޯސްތައް:

ބަބުލްމޭކަރ (އުމުރުން 8 އަހަރާއި 10 އަހަރުގެ ކުޑަކުދިންނަށް ޙާއްސަ ޕްރޮގްރާމެއް)

ޑީއެސްޑީ (ޑިސްކަވަރ ސްކޫބަރ ޑައިވިން – އުމުރުން 10 އަހަރުން މަތީގެ ބޭފުޅުންނަށް)

ޖޫނިއަރ އޯޕަން ވޯޓަރ ޑައިވަރ (އުމުރުން 10 އަހަރާއި 15 އަހަރުގެ ކުދިންނަށް)

ޖޫނިއަރ އެޑްވާންސް އޯޕަން ވޯޓަރ ޑައިވަރ (އުމުރުން 12 އަހަރާއި 15 އަހަރުގެ ކުދިންނަށް)

ޖޫނިއަރ ރެސްކިއު ޑައިވަރ  (އުމުރުން 12 އަހަރާއި 15 އަހަރުގެ ކުދިންނަށް)

އޯޕަން ވޯޓަރ ޑައިވަރ

އެޑުވާންސް އޯޕަންވޯޓަރ ޑައިވަރ

ރެސްކިއު ޑައިވަރ

އީއެފްއާރް – އެމެޖެންސީ ފަސްޓް ރެސްޕޯންސް

ޑައިވް މާސްޓަރ (18 އަހަރުން މަތީގެ ބޭފުޅުންނަށް ޙާއްސަ)

މިކޯސްތަށް މިހާރުވެސް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށާއި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ހޮޓްލައިން ، 9838768 އަދި 7795071 ގުޅުވައިގެން ކުރިއަށްގެންދިއުމަށް އެދެ އެވެ،

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355