twitterviber whatsapp telegramfacebookyoutube instagram
8th May 2024

ހޮސްޕިޓާ ތަރައްގީކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވޭ، އެކަމަކު ކާމިޔާބުކުރާނަން: އުސެއިދު

Oct 1, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ގޮންޖެހުންތަށް ކުރިމަތިވަމުން އަންނަ ކަމަށާއި ނަމަވެސް އެއްދުވަހުން އަނެއް އެމަސައްކަތުގެ ޓާގެޓް ކާމިޔާބުކުރަމުންދާކަމަށް އެހޮސްޕިޓާ ހިންގާ ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ ޑިރެކްޓަރު އަލީ އުސެއިދު ވިދާޅުވެއްޖެ އެވެ.

އާސަންދަ ނޮދަން ރީޖަނަލް އޮފީސް ހުޅުވުމަށް އެހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ އުސެއިދު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ޓައިމްލައިންގައިވާ ގޮތުންގެ މަތިން ޕުލޭނާއި އެއްގޮތަށް ތަރައްގީކުރަމުންދާ ކަމަށެވެ.

“ޓައިމްލައިންގައިވާ ގޮތުން މިހާރު ހުރިހާކަމެއް ޕުލޭނާއި އެއްގޮތަށް ޑެވެލޮޕްކުރަމުން މިދަނީ. ދެން ކުޑަ މަސައްކަތެއް ނޫން، ގޮންޖެހުންތައްވެސް ހުންނާނެ. އިރާދަކުރެއްވިއަޔާ އެ ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލަމުން އެއްދުވަހުން އަނެއް ދުވަހަށް ޓާގެޓް އެޗީވްކުރަމުން މިދަނީ. އަދި އާސަންދަ އޮފީހަކީ އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ލިބުނު ވަރަށް ރަނގަޅު ފިޔަވަޅެއް”. އުސައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 150 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް ބަދަލުކުރަމުގެ މަސައްކަތް ކުރިއަށްދާއިރު ހިދުމަތްތަށް ރަނގަޅުވުމުން އެކަށީގެންވާ އަދަދަކަށް މީހުން ހިދުމަތް ހޯދުމަށް އަންނާނެ ކަމަށެވެ.

“މިއަދު މި ހޮސްޕިޓަލް ތެރޭގައި އާސަންދަ ކޮމްޕެނީގެ އޮފީހެއް ހުޅުވިގެން ދިޔުމަކީ މި މަސައްކަތަށް ވަރަށް ބޮޑު ލުއިއެއް އަންނާނެ ކަމެއް އަދި މީގެ ސަބަބުން ތިބޭ ބަލިމީހުންނަށްވެސް ވަގުތު ސަލާމަތްކޮށް އެބޭފުޅުންގެ ކަންކަން އަވަހަށް ނިމިގެން ދިއުން ”

އާސަންދަ ކޮމްޕެނީގެ ނޮދަން ރީޖަނަލް އޮފީހެއް މިއަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުޅުވިގެން ދިޔުމަކީ ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށާއި ހާއްސަކޮށް ކުޅުދުއްފުށީގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ހެޔޮ ފާލެއްކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355