ކުޅުދުއްފުށީ މަސްމާރުކޭޓާ ދިމާ ދޯނިފަހަރުތަށް އަޅައި ސަރަހައްދު ތިލަވެ އެތަން ފުންކޮށްދިނުމަށް އެދި ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ފަންސާހަކަށް އޮޑިވެރިންނާއި މަސްވެރިން ސޮއެކޮށް ކައުންސިލަށް ހުށަހެޅި ޕެޓިޝަން މިހާރުވަނީ ހައުންސިންގ މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.
ޕެޓިޝަނުގެ އެދިފައިވަނީ އެސަރަހައްދު ތިލަވުމުން އޮޑި ފަހަރު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫތަކެއް ކުރިމަތިވަމުންދާތީ އެތަން ފުންކޮށް ދިނުމަށާއި މިހާރު ކުޅުދުއްފުށީގައި ކުރިއަށްގެންދާ މަގު ހެދުމުގެ ޕްރޮޖެކްޓަށް ވެލިނަގަމުންދާ ސަރަހައްދުން ނެރެށް ކަނޑައިދިނުމަށެވެ.
ކުޅުދުއްފުށީ ކައުންސިލް މެމްބަރަކު މިއަދު ވިދާޅުވީ އޮޑިވެރިންގެ ޕެޓިޝަން ހައުންސިންގ މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.