ކުދި ވެލާތަކެއް ގެންގުޅުނު މީހަކު 149،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެެވެ.
އެންވައިރަމެންޓް ޕުރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ޖޫރިމަނަކޮށްފައި ރ.މާކުރަތު ހަކި، މުހައްމަދު މުސްތަފާ ކަމަށެވެ. ރާއްޖޭގައި ހިފައި އަދި ގެންގުޅުން މަނާ 12 ކުދި ވެލާތަކެއް ގެންގުޅުން މައްސަލައެއް ލިބިފައި ވަނީ މިދިޔަ އޮގަސްޓު މަހުގަ އެވެ.
އަދި ބަޔާނުގައި ބުނެފައި ވަނީ އެކަން ކުރިކަން އޭނާގެ އިއުތިރާފާއި ފުލުހުންގެ ބަޔާނުން އެނގޭ ކަމަށެވެ. އެގޮތުން ފުލުހުން ބަލާ ތަހުގީގުކޮށް ނިންމުމަށްފަހު އޭނާ ޖޫރިމަނާކުރީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން ކަމަށް އީޕީއޭ އިން ބުނެފައި ވެއެވެ.
ތިމާވެށީގެ ގާނޫނުގެ ދަށުން ދިރޭތަކެތީގެެ ނަސްލު ރައްކާތެރި ކުރުމުގެ ގޮތުން ވެލައާ ކަހަނބުގެ ހުރިހާ ބާވަތެއް 4 އެޕްރީލް 2016 ގައި، ރާއްޖޭގައި ވަނީ ގާނޫނީ ގޮތުން ހިމާޔަތްކޮށްފަ އެވެ.