twitterviber whatsapp telegramfacebookyoutube instagram
4th May 2024

އެތެރެހަށީގެ ޑޮކްޓަރަކާއި އިތުރު ޑޮކްޓަރުންތަކެއް މިހަފްތާގެ ތެރޭގައި ގުޅޭނެ: އުސެއިދު

Oct 2, 2017

އެތެރެހަށީގެ ޑޮކްޓަރުގެ ހިދުމަތް ކުރިއަށްއޮަތް ހަފްތާއެއްގެ ތެރޭގައި ލިބޭނެކަމަށް ކުޅުދުއްފުށީ ހޮސްޕިޓާ ހިންގާ ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ ޑިރެކްޓަރު އަލީ އުސެއިދު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން އެ ހޮސްޕިޓަލްގައި މަސައްކަތް ކުރި އެތެރެހަށީގެ ޑޮކްޓަރު ކުއްލި ގޮތެއްގައި ޗުއްޓީ ނެގުމާ ގުޅިގެން އެތެރެހަށީގެ ޑޮކްޓަރެއްގެ ހިދުމަތް މެދު ކެނޑިފައިވާތާ ދެ ހަފުތާއެއްވެފައިވާއިރު އުސެއިދު ވިދާޅުވީ ޑޮކްޓަރެއް ގެނައުމުގައި ލަސްވީ މިނިސްޓްރީން ލައިސެންސް ހަމަނުޖެހިގެންކަމަށާއި އެހެންނަމަވެސް މިއަދު ލައިސެންސް ހަަމަޖެހިގެންއެކަން އަންގާފައިވާ ކަމަށަވެ.

އެެހެން ކަމުން ކުރިއަށް އޮަތް ހަފްތާއެއްގެ ތެރޭގައި އެތެރެހަށީގެ ޑޮކްޓަރުގެ ހިދުމަތް ލިބޭނެ ކަމަށާއި މިހާރު ޗުއްޓީގައި ހުރި ޑޮކްޓަރު ޑިއުޓީއަށް ނިކުތުމުން އެތެރެ ހަށީގެ 2 ޑޮކްޓަރުންގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރާ އެންއައިއައިގެ ޑިރެކްޓަރު އަލީ އުސެއިދު ވާހަކަދައްކަވަނީ–

އޭނާ ވިދާޅުވީ އިތުރު ޑޮކްޓަރުންގެ ލައިސެންސް ހޯދުމަށް މިނިސްޓްރީގައި އެދިފައިވާކަމަށާއި އެގޮތުން މި މަހުގެ ތެރޭގައި ގިނަ ޑޮކްޓަރުންތަކެއް ހޮސްޕިޓަލާ ގުޅޭނެކަމަށެވެ. އެގޮތުން މިމަހު 4 ގައި ރޭޓިއޮލޮޖިސްޓެއް، އަދި 5 ގައި ސާރޖަންއަކާއި ޕިޒިއޮތެރަޕިސްޓެއްވެސް އަންނާނެ ކަމަށް އުސައިދު ވިދާޅުވި އެވެ.

މީގެ އިިތުރުންވެސް އާންމު ބަލިތަކުގެ 2 ޑޮކްޓަރެވެސް މިމަހު 7 އަދި 14 ގައި ހޮސްޕިޓަލާ ގުޅޭނެކަމަށްވެސް އުސައިދު ވިދާޅުވި އެެވެ.

އަދި މިދިޔަ މަހު ކުޅުދުއްފުށީ ހޮސްޕިޓަލަށް އައި އިންޑިޔާގެ މަޝްހޫރު އަންހެނުން ހާއްސަ ޑޮކްޓަރު ކިޓީ މަމްމެން އާއި ސްކޭން ހާއްސަ ޑޮކްޓަރު ޑރ އަބިތް އާޝޯކް ވަރަށް އަވަހަށް ދާއިމީކޮށް އެހޮސްޕިޓަލްގައި މަސައްކަތް ކުރައްވަން ފައްޓަވާނެ ކަމަށާއި މިހާރު ކޯޓާ ހަމަޖެހިފައިވާ ކަމަށްވެސް އުސައިދު ވިދާޅުވިއެވެ. އަދި ލައިސެންސްތައް ހަމަޖެހުންވަރަކުން ޑޮކްޓަރުން ގެނެވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި އެކަމަށްޓަކައި މިނިސްޓްރީއާއި ވާހަކަ ދެެކެވި އެފަރާތުގެ ވަރަށްބޮޑު އެއްބާރުލުމެއް މިކަމަށް ލިބެމުންދާކަމަށްވެސް އުސައިދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355