twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުޅުދުއްފުށީ ޕޯޓްގެ މެނޭޖަރުގެ މައްސަލައެއް އޭސީސީއަށް

Oct 3, 2017

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ މެނޭޖަރު އިޤުބާލު ހަމީދު ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާކަމަށް ބުނެ ޝަކުވާއެއް އެންޓި – ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އޭސީސީން ބުނީ އެފަދަ ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށާއި މައްސަލައެއް ގޮތުގައި ބަލަން ފެށުމުގެ ކުރިން، ކުރިއަށްގެންދާ އިވެލުވޭޓްކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ.

އެނގިފައިވާގޮތުގައި އޭސީސީއަށް ހުށަހަޅާފައިވާ ޝަކުވާއަކީ ޕީޕީއެމްއިން ކުޅުދުއްފުށީގައި ބޭއްވި ވެހިކަލު ބުރަކަށް ހަރަދުކޮށްފައިވަނީ ޕޯޓްގެ ފައިސާކަމަށް ބުނެ އެވެ.

މިކަމާ ގުޅިގެން އިޤުބާލު ހަމީދުގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ވިދާޅުވީ އެފަދަ ކަމެއް އޭސީސީއަށް ހުށަހެޅިފައިވާކަން އެނގިފައިވާކަމަށާއި އެކަމާ ގުޅޭގޮތުން ކޮމެންޓެއްކުރަންވަން ބޭނުން ނުވާ ކަމަށެވެ

ސަރުކާރުގެ މުވައްޒަފުން ނެރެ، ކުޅުދުއްފުށީގައި ޕީޕީއެމްގެ ވެހިކަލް ބުރެއް ޖަހައިފި

ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން މިދިޔަ އޯގަސްޓްމަހު 12 ވަނަ ދުވަހު ރާއްޖޭގެ ބޮޑެތި އާބާދީތަކުގައި ބޭއްވި މިހަރަކާތް ކުޅުދުއްފުށީ ބޭއްވީ ވެލިކަލު ބުރެކެވެ. އެ ވެހިކަލު ބުރުގައި ގިނަ އަދަދެއްގެ ސަރުކާރު މުވައްޒަފުނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެހިކަލްތައް ބޭނުންކޮށްފައިވެ އެވެ.

ކުޅުދުއްފުށީގައި ބޭއްވި ޕީޕީއެމް ވެހިކަލު ބުރަށް: ގަޑިއިރަކަށް ކާރަކަށް 200ރ

އެގޮތުން އެސްޓީއޯ އާއި އެމްޕީއެލް، އަދި ފެނަކައިގެ އުޅަނދުތައް ބޭނުންކޮށްފައިވެ އެވެ. އަދި ރުފިޔާ ދީގެން 20 ޓެކްސީވެސް ވަނީ ބޭނުންކޮށްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355