twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުއަންޓަމް ވެޓެރަންސް ކަޕް 2017 ފަށައިފި

Oct 3, 2017

ކުއަންޓަމް ވެޓެރަންސް ކަޕް 2017 ފެށިއްޖެ އެވެ.

2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުޅުދުއްފުށީ ކުއަންޓަމް ފިހާރައިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ މި މުބާރާތުގައި މި އަހަރު ޖުމްލަ 80 ކުޅުންތެރިން 8 ޓީމެއްގައި ވާދަ ކުރާނެ އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ޓީމް ވައިބާ އަދި އެޑްމޭން އެވެ. މި މެޗު 8-3 އިން އެޑްމޭން އިން ކާމިޔާބުކުރިއިރު މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ އެޑްމޭންގެ އަހްމަދު ހުސައިން (ޑޮން) އެވެ. އޭނާ މި މެޗުގައި ދެ ލަނޑު ޖަހާފައިވާއިރު އިބްރާހިމް ހަސަން (ގޮމަށި އިއްބެ)، އަހުމަދު މުހައްމަދު (ފޮނިލާ) އަދި ޖަމާލް މިއިން ކޮންމެ ކުޅުންތެރިޔަކު ވެސް ވަނީ ދެ ލަނޑު ޖަހާފަ އެވެ.

މި މުބާރާތުގެ ދެ ވަނަ މެޗުގައި ޓީމް މާޒިޔާ އަދި ޓީމް ސްޕީޑް ވާދަކޮށް 6-3 އިން މެޗު ކާމިޔާބު ކުރީ ޓީމް މާޒިޔާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާޒިޔާގެ އަހްމަދު މޫސާ އެވެ.

ތިން ވަނަ މެޗުގައި ޓީމް ބިގް ފުޓް އަދި ޓީމް ތައްޓަށް ވާދަކޮށް 7-5 އިން މެޗު ކާމިޔާބުކުރީ ބިގް ފުޓްއިން ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ބިގްފުޓްގެ އަލީ ޝިޔާމް (ނަލަވާ) ހޮވުނުއިރު އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފަ އެވެ. އަލީ ޒިޔާދު (ބޮޑު ސައި) އަދި އަބްދުލް މަޖީދު އާދަމް މިއިން ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ ދެ ލަނޑު ޖަހާފަ އެވެ. މި މެޗުގައި ޓީމް ތައްޓަށްގެ އާދަމް މުހައްމަދު (ކުޑަ އާދަނު) ވަނީ 4 ލަނޑު ޖަހާފަ އެވެ.

35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1-8 އޮކްޓޫބަރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355