“ރަހުމަތުއްލިލްޢާލަމީން” ކެމްޕޭންގެ ދަށުން ކުރިއަށް ގެންދާ “ރަޙްމަތް ކޭމްޕް” ގެ 4 ވަނަ ބުރު ހއ. އަތޮޅުގައި ފަށައިފި އެވެ.
މި އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހު މުޅި ހއ އަތޮޅަށް އަމާޒުކޮށް ހިންގާ މި ކޭމްޕް ގެ 4 ވަނަ ބުރު ފަށާފައިވަނީ ހއ. ދިއްދޫގައެވެ.
މި ކޭމްޕަކީ ދީނީ ޚިޔާލު ތަފާތުވުންތައް ނައްތާލައި، އަމާން، އެކުވެރި އަދި އެއްބައިވަންތަ މުޖްތަމަޢެއް ބިނާ ކުރުމަށް، ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.
މި އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް މި ކޭމްޕް ގެ ޙަރަކާތްތައް ކުރިއަށް ދާއިރު، ސެމިނަރތަކާ ވޯކްޝޮޕްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ހއ. ކެލާ، ހއ. އިހަވަންދޫ އަދި ހއ. ހޯރަފުށީގައެވެ.
މި ކޭމްޕު ގައި އަތޮޅުގެ އެހެން ރަށްރަށުގެ ބައިވެރިންނާ މަންދޫބުން ކަނޑައެޅިފައި ހުރި ތާރީހުތަކުގައި މި ރަށްރަށަށް ގޮސް ކޭމްޕްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.