twitterviber whatsapp telegramfacebookyoutube instagram
18th April 2026

އިހަވަންދޫ ދެ ގެއަކުން ސިހުރުހާހޫރަ ހެދުމަށް ބޭނުންކުރާޒާތުގެ ތަކެތި ހޯދައިފި

Oct 4, 2017

ހއ. އިހަވަންދޫ ދެ ގެއެއް ބަލައިފާސްކޮށް ސިހުރުހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އޮކްޓޯބަރ 1، 2 ގައި މިތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެރަށު ދެ ގެއެއް ބަލައިފާސްކޮށްގެން ކަމަށް ޕޮލިސް މީޑިޔާއިން މައުލޫމަތު ލިބެއެވެ.

އެގޮތުން 2 ގެ ބަލައިފާސްކުރިއިރު އޭގެ ތެރެއިން އެއް ގެއަކުން ސިހުރުހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ލިޔެފައިހުރި 32 ފޮތެއްގެ އިތުރުން ސިހުރުހާހޫރަ ކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ ކަރުދާސްތަކެއް ފެނިފައި ވެއެވެ.

އަދި މި މައްސަލަ އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށާއި މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ނުގެންދާ ކަމަށް ޕޮލިސް މީޑިޔާއިން މައުލޫމާތުދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355