twitterviber whatsapp telegramfacebookyoutube instagram
25th May 2025

އަފީފުއްދީން ސްކޫލް ޖަމްބަލް ސޭލްއިން 56 ހާހަށް ވުރެ ގިނަ ރުފިޔާ

Oct 5, 2017

އަފީފުއްދީން ސްކޫލުން މިދިޔަ އަންގާރަ ދުވަހު ބޭއްވި އެ ސްކޫލުގެ ޖަމްބަލް ސޭލްއިން ޖުމްލަ 56،872.50 ރުފިޔާ ހޯދައިފި އެވެ.

އެސްކޫލް ހޯލުގައި 10 ސްޓޯލް ބަހައްޓައިގެން ކުރިއަށް ގެންދިޔަ މި ސޭލްގައި އެންމެ ގިނަ ރުފިޔާ ހޯދާފައިވަނީ އަތްވަށި ގުރޫޕުންނެވެ. އެއީ 7275.00 ރުފިޔާ އެވެ.

އަފީފުއްދީން ސްކޫލުގެ ޖަމްބަލު ސޭލް ހުޅުވައިދެއްވީ ނޫރުލް އިސްލާމް އިންޓަރނޭޝަނަލްގެ ޑެޕިއުޓީ ޑިރެކްޓަރު އަލީ އުސެއިދު އެވެ.

މިސޭލް ކުރިއަށް ގެންގޮސްފައިވަނީ 10 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން މި ސޭލްގައި ފައިވާން، ބޫޓް، ފޮތް، އަންނައުނުގެ އިތުރުން ބަދިގެ ސަމާނާއި ކުޅޭ ތަކެތި ވަނީ ވިއްކާފަ އެވެ.

މި ސޭލް އިން ލިބުނު ރުފިޔާ ހަރަދުކުރަމަށް ހަމަޖެހިފައިވަނީ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތަކުގައި ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355