twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގެ ސްކޫލުތަކުގައި ކުލަގަދަކޮށް ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ

Oct 5, 2017

ކުޅުދުއްފުށީ ސްކޫލުތަކުގައި ކުލަގަދަކޮށް މިއަހަރުގެވެސް ޓީޗަރުންގެ ދުވަސް ފާހަގަކުރަމުން އެބަދެ އެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖަލާލުއްދީން ސްކޫލުގައި މިއަދުވަނީ ހާއްސަ އެސެމްބުލީއެއް ބާއްވާފަ އެވެ. މި އެސެމްބުލީގައި ސްކޫލުގެ ފަރާތުން ޓީޗަރުންނަށް ހަދިޔާ ދީފައިވެ އެވެ. އަދި ސްކޫލުގެ ޕްރިޕެކްޓް ދަރިވަރުންވެސް ޓީޗަރުންނަށް ހާއްސަ ހަދިޔާއެއް ދީފައިވެ އެވެ.

ސްކޫލުގެ ފަރާތުން ޓީޗަރުންނަށް ހަދިޔާ ހަވާލުކޮށްދެއްވާފައިވަނީ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު މުހައްމަދެވެ.

ޓީޗަރުން ގެ ދުވަހުގެ ހަރަކާތް ފެށުމުގެ ގޮތުން އަފީފުއްދީން ސްކޫލުގައި މިއަދު ހެނދުނުވަނީ ހާއްސަ އެސެމްބްލީއެއް ބާއްވައިފި އެވެ. އެ ސެމްބްލީ ޝަރަފުވެރިކޮށްދެއްވީ ސްކޫލް ޕީޓީއޭގެ ނައިބް ރައީސް ނަޒީހް އަހުމަދު ސައީދެވެ.

މި އެސެންބްލީގައި މުދައްރިސުންގެ ދުވަހާ ގުޅުވައިގެން އެސްކޫލްގެ ހުރިހާ މުވައްޒަފުންނަށާއި ޓީޗަރުންނަށް ވަނީ ސޭޝް ހަވާލުކޮށްފަ އެވެ. އަދި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިއުމާއި ޕީޓީއޭގެ ފަރާތުން ހާއްސަ ހަދިޔާވެސް ވަނީ ޓީޗަރުންނަށް ދެއްވާފަ އެެވެ.

ޓީޗަރުންގެ ދުވަހާ ގުޅުވައގެން މިއަދު ހެނދުނު ޖަލާލުއްދީން ސްކޫލުގައި ބޭއްވި އެސެމްބުލީގެ ތެރެއިން–

އެގޮތުން އިދާރީ މުވައްޒަފުންނަށް ސޭޝް ހަވާލުކޮށްދެއްވީ ސްކޫލް ޕްރިންޝިޕަލް ނާސިހާ އިދުރީސް އެވެ.

މީގެ އިތުުރުން ޓީޗަރުންނަށް ޝުކުރު ދެންނެވެވުމުގެ ގޮތުން ދަރިވަރުންގެ ފަރާތުން ހުށައަޅައިދޭ ސްޓޭޖް އައިޓަމްތަކެއްވެސް މިއަދު ކުރިއަށްދާނެ އެވެ އަދި މިއަދު ހަވީރު ޓީޗަރުންގެ ސްޕޯޓް މީޓް އަދި މާދަމާ ހަވީރު މުވައްޒަފުންނައީ ޓީޗަރުންގެ މެދުގައި އަންހެން ފިރިހެން ވަކިން ކުރިއަށް ގެންދެވޭ ފުޓްބޯޅަ މެޗެއް އޮންނާނެ ކަމަށްވެސް އެސްކޫލުން މައުލޫމާތު ދެއެވެ.

އަދި މިރޭ ޓީޗަރުންނަށް ޕީޓީއޭގެ ފަރާތުން ދެއްވާ ޑިނާ ނައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޑިނާނައިޓުގައި ޓީޗަރުންގެ ސްޓޭޖް އައިޓަމްތަކެއްވެސް ކުރިއަށްދާނެ އެވެ.

ޓީޗަރުންގެ ދުވަހާ ގުޅުވައގެން މިއަދު ހެނދުނު ހދ އޭއީސީގައި ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތުގެ ތެރެއިން–

މިއަދުގެ މުނާސަބަތުގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގައިވެސް ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން ޓީޗަރުންނަށް މަރުހަބާ ކިޔާފައިވަނީ ރަތް ދޫލައިގެ މަރުހަބާ އެކެވެ. މިދިޔަ އަހަރު އެޓެންޑެންސް 100% ހޯދި ޓީޗަރުންގެ އަގުވަޒަންކޮށް ފިލާ ހަވާލުކޮށްފައިވެ އެވެ. ތަފާތު ގިނަ ހަރަކާތްތަކެއް ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ދަނީ ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355