twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަފީފުއްދީން ސްކޫލް ޓީޗަރުން ސަގާފީ ހެދުމުގައި، ވަރަށް ޗާލު !

Oct 5, 2017

ޓީޗަރުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ހެނދުނު އަފީފުއްދީން ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެސްކޫލްގެ ހުރިހާ ޓީޗަރުންވެސް ފެނިގެން ގޮސްފައިވަނީ މުޅިން ދިވެހި ވަންތަ ގޮތަކަށެވެ.

ސްކޫލުގެ ޕްރިންސިޕަލުވެސް ހިމެނޭގޮތަށް ހުރިހާ އަންހެން ޓީޗަރުން ފަށްޓަރުބައި އަޅައި ބޯވަޅުއެޅި ދިވެހި ރަތް ލިބާހުގައި އަދި ފާސްކުރި ހެދުމުގައި ތިބި އިރު ފިރިހެން ޓީޗަރުން ތިބީ ފޭލި އަނދެ، މަތިން ހުދު އަތްދިގު ގަމީހާއި ހުދު ޓީޝާޓުގަ އެވެ.

އަފީފުއްދީން ސްކޫލުގެ ޓީޗަރުން މިއަދު ސްކޫލަށް ގޮސްފައިވަނީ ސަގާފީ ހެދުމުގައި–

ދިވެހިންގެ ސަގާފަތާ ގުޅުވާލައިގެން ކުރިއަށް ގެންދިޔަ މި އެސެންބްލީގައި އެންމެ ހިތްގައިމު ވި ކަމަކީ ސްކޫލްގެ ބިދޭސީ އަންހެން ޓީޗަރުންވެސް ލިބާސްލައި ބޮލުގައި ހުޅި ޖަހައި ރުމާފަޅި އައްސާފަ ތިބުމެވެ. އަދި ބިދޭސީ ފިރިހެން ޓީޗަރުންވެސް ތިބީ ފޭލި އަދެގެންނެވެ.

މިއީވެސް ވަރަށް ހިތްގައިމު ބަލާލަން ވަރަށް ރީތި މަންޒަރަކަށްމިވަނީ ވެގެންގޮސްފައި އެވެ. މަދުން ނަމަވެސް މިފަދަ ޗާލު މަންޒަރުންތަށް ފަހަކަށް އައިސް ދަނީ ފެންނަމުންނެވެ.

އަފީފުއްދީން ސްކޫލުގެ ޓީޗަރުން މިއަދު ސްކޫލަށް ގޮސްފައިވަނީ ސަގާފީ ހެދުމުގައި–

ޓީޗަރުންގެ ދުވަހާ ގުޅުވައިގެން އެކި ހަރަކާތް ހިންގުމަށް ހަމަޖެހިފައިވާއިރު ޓީޗަރުންނަށް ޝުކުރު ދެންނެވެވުމުގެ ގޮތުން ދަރިވަރުންގެ ފަރާތުން ހުށަހަޅައިދޭ ސްޓޭޖް އައިޓަމްތަކެއް ހެނދުނު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި މިއަދު ހަވީރު ޓީޗަރުންގެ ސްޕޯޓް މީޓް އަދި މާދަމާ ހަވީރު މުވައްޒަފުންނައީ ޓީޗަރުންގެ މެދުގައި އަންހެން އަދި ފިރިހެން ވަކިން ކުރިއަށް ގެންދެވޭ ފުޓްބޯޅަ މެޗެއް ރޭވިފައިވާއިރު މީރޭ ހާއްސަ ޑިނާ ނައިޓެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަފީފުއްދީން ސްކޫލުގެ ޓީޗަރުން މިއަދު ސްކޫލަށް ގޮސްފައިވަނީ ސަގާފީ ހެދުމުގައި–

ޓީޗަރުންގެ ދުވަސް ކުޅުދުއްފުށީގެ 4 ސްކޫލުގައިވެސް ފަށާފައިވަނީ ހާއްސަ އެސެމްބްލީއަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355