މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 17 އަހަރުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.
ޕޮލިސް މީޑިޔާއިން މައުލޫމާތުދޭ ގޮތުގައި ފުލުުންހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ވަގުތެއްގައި، އޭނާ ދިރިއުޅެމުންދާ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނުމާއި ގުޅިގެން ކަމަށެވެ.
އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 150 ރަބަރު ކޮޅާއި ބްލެޓް ސައިޒުގެ 3 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ޕޮލިސް މީޑިޔާއިން މައުލޫމާތު ދެއެވެ.
މިމައްސަލަ އެރަށު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށާއި މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައެވެ.