twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގުޅޭނެ ނަމްބަރެއް ތައާރަފު ކޮށްފި

Oct 5, 2017

ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށާއި ފަތުރުވެރިންގެ ޝަކުވާތަކާއި މައްސަލަ ހުށަހެޅުމަށް ހިލޭ ގުޅޭ ނަމްބަރު “1478” ތައާރަފު ކޮށްފިއެވެ.

ހުޅުލޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހިލޭ ގުޅޭ ނަމްބަރު އިފްތިތާހް ކޮށްދެއްވާ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަޒްލީން އަހްމަދުއެވެ.

މިރަސްމިއްޔާތުގައި އަޒްލީން ވާހަކަ ދައްކަމުން ބުނެފައި ވަނީ މި ޓޯލް ފްރީ ނަމްބަރަކީ ރާއްޖޭން ބޭރުން އަންނަ ފަތުރުވެރިންގެ ޝަކުވާތަކާއި މައްސަލަތައް ހުށަހެޅުމަށް ގާއިމްކުރެވިގެންދިޔަ ރަނގަޅު ހިދުމަތެއްކަމަށާއި ބައިނަލް އަޤްވާމީ ކޮންމެ ނެޓްވޯކަކުން އިތުރު ޗާރޖަކާ ނުލާ މި ނަންބަރަށް ގުލާލެވޭނެ ކަމަށެވެ.

މިގޮތުން ރާއްޖެއިންނާއި ރާއްޖޭން ބޭރުގައި ތިބެގެންވެސް މި ނަންބަރަށް ގުޅައިގެން ޝަކުވާއާއި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ލިބެގެންދާނެކަމަށާއ މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނާއި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހިތްހަމަ ޖެހުމާއި ރައްކާތެރިކަން ކަށަވަރުވާނެކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ދިރާގާއި އުރީދޫ ނަމްބަރުތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ކޮންމެ ނެޓްވޯކަކުން ހިލޭ ގުޅޭނެ މި ނަމްބަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ފޯނުތަކަށް އެސް.އެމް.އެސް އަކުން ދާގޮތަށް ހަމަޖެހިފައިވާ ކަމަށާއި ނަންބަރު ފެންނާނޭހެން އެއަރޕޯޓްގެ އެކި ސަރަހައްދުގައި ބެހެއްޓުމަށްވަނީ ހަމަޖެހިފައި ކަމަށް ފޮލިސް މީޑިޔާއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355