ދިރާގު ޔޫތްފެސްޓް 2017 ވޯޓާ ސްޕޯޓްސް އެޑިޝަން މިއަދު ވިލިމާލޭ ވޯޓަރ ސްޕޯޓްސް ބީޗުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.
ދިރާގުން މައުލޫމާތު ދޭގޮތުގައި ފެސްޓިވަލްގެ ތެރެއިން ހުރިހާ ބައިވެރިންނަށް މުޅިން ހިލޭ މޫދުކުޅިވަރު ނުވަތަ ވޯޓާ ސްޕޯޓްސް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މި ފެސްޓިވަލް އޮންނާނީ މިއަދު މެންދުރުފަހު 2 ކުން އިރުއޮއްސި 6 ޖެހުމާ ހަމައަށް ކަމަށެވެ.
މި ފެސްޓިވަލްގެ މަގުސަދަކީ ދިވެހިންނަކީ ޒަމާނުއްސުރެ މޫދާއި ކަނޑަށް ފަރިތަ ބަޔަކަށް ވެފައި، މޫދު ކުޅިވަރު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވީހާވެސް ގިނަ ޒުޗާނުންނަށް ހުޅުވާލުން ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ފެސްޓްގައި ލައިވް މިއުޒިކާއި، ބާބެކިއު ކުރިއަށް ދާނެއެވެ.