twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރާއްޖޭގެ އެއްވަނަ ފްލައިބޯޑަރު އިއްބަޑޭ ދިރާގުގެ ބްރޭންޑް އެމްބެސަޑަރަކަށް

Oct 8, 2017

ދިރާގުން އިއްޔެ ވިލިމާލޭގައި ބޭއްވި ޔޫތްފެސްޓުގައި ރާއްޖޭގެ އެއްވަނަ ފްލައިބޯޑަރު އިބްރާހިމް ހުސެއިން (އިއްބަޑޭ) ދިރާގުގެ ބްރޭންޑް އެމްބެސަޑަރަކަށް ހަމަޖައްސައިފިއެވެ.

ދިރާގު އެމްބެސެޑަޝިޕް ޕްރޮގްރާމަކީ ދިވެހިންގެ ތެރެއިން ތަފާތު ދާއިރާތަކުން އާދަޔާ ހިލާފު ހުނަރުވެރިކަން ދައްކާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކޮށް، އެހެން މީހުންނަށް އެމީހުން މިސާލެއްގެ ގޮތުގައި ދައްކާލުމުގެ ގޮތުން ދިރާގުން ފެށި ޕްރޮގްރާމެކެވެ.

މީގެ ކުރިންވެސް ދިރާގުން ވަނީ މި ޕްރޮގްރާމުގެ ދަށުން އެމްބެސެޑަރުން ހޮވާފައެވެ. އޭގެ ތެރޭގައި ބާރު ދުވުން ތެރިޔާ ހަސަން ސާއިދާއި، ވޯޓާ ސްޕޯޓްސްގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު މިދިޔަ އަހަރު ކެޓަމަރާނެއްގައި ރާއްޖެ ވަށާ ބުރު ޖެހި އަބްދުލް ގަފޫރު (ގައްބެ) ވެސް ވަނީ ހަމަޖައްސާފަ އެވެ.

ފްލައިބޯޑިން ކުރިއަރުވަން ގިނަ މަސަތްކަތް ތަކެއް ކޮށް އަދި ބައިނަލްއަގުވާމީ މުބާރާތް ތަކުގައި ވެސް ވާދަކުރަމުން އަންނަ އިއްބަޑޭ ވަނީ ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ވާދަ ކޮށް ދިވެހި ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދީފައިއެވެ.

އެގޮތުން މިދިޔަ އަހަރު ޖޫން މަހު ފްރާންސުގައި ބޭއްވި ޔޫރަޕިއަން ފްލައިބޯޑް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދައިފައިވެއެވެ. އަދި މިދިޔަ އަހަރު ސެޕްޓެމްބަރ މަހު އެމެރިކާގެ ފްލޮރިޑާގައި އޮތް ޒަޕާޓާ ރޭސިންގް އެންޑް ޕޮރޯ ވޯޓަ ކްރޮސް ފްލައިބޯޑް ވޯލްޑް ޗެމްޕިއަންޝިޕްގައި ދުނިޔޭގެ ގަދަ އަށެއްގައި ހިމެނިފައިއެވެ. އަދި ހަމަ އެހެންމެ، 2015 ވަނަ އަހަރު އަލަށް ދުބާއީ ގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވެ އޭނާ ވަނީ ދުނިޔޭގެ 26 ވަނަ ހޯދައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355