twitterviber whatsapp telegramfacebookyoutube instagram
24th April 2024

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަންހެން ފުޓްސަލް މުބާރާތެއް ކުޅުދުއްފުށީގައި ބާއްވަނީ

Oct 8, 2017

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަންހެނުންނަށް ހާއްސަ ފުޓްސަލް މުބާރާތެއް ކުޅުދުއްފުށީގައި ބާއްވަން އިއުލާނުކޮށް، ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ޑަބުލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ މިމުބާރާތަކީ ނަސްރު ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މުބާރާތްތަކެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 3 ގަ އެވެ. މެޗުތަށް ކުރިއަށްދާނީ ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމްގެ ފުޓްސަލް އެރީނާގަ އެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލާފައިވާއިރު ފޯމް ހުށަހެޅޭ އެންމެ ފަހުގެ ތާރީޙަކީ މިމަހު 15 އެވެ.

ޑަބުލިއު ސްޕޯޓްސް އެކަޑަމީން ބުނީ މިމުބާރާތުގެ މަގުސަދަކީ އަންހެނުން ބޭފުޅުންގެ މެދުގައި އެކުވެރިކަމާ ކުޅިވަރުގެ ރޫޙް އާލާކުރުމާއި ފުޓްސަލްއަށް ޝައުގުވެރިވާ އަންހެން ކުޅުންތެރިންތަކެއް އުއްފެދުން ކަމަށެވެ. އަދި ފުޓްސަލް ކުޅޭ އަންހެން ކުޅުންތެރިން އެއްތަނަކު ބައްދަލުވެ އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމާއި  ވާދަވެރި މުބާރާތެއްގައި ކުޅެލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ މިމުބާރާތުގެ ގަވައިދާއި އެޕްލިކޭޝަން ފޯމް ޑަބުލިއު ނިޓް ލިބެން ހުންނާނެ އެެވެ. އަދި މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ބޭނުންނަމަ 9913777، 9965636 ގުޅުންވުމުން ލިބޭނެ އެވެ.

މިމުބާރާތުގެ ސެމީ ފައިނަލުގެ މެޗުތަކާއި ފައިނަލު މެޗު ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ ޔޫޓިއުބް ޗެނަލްއިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި މުބާރާތާ ބެހޭ އިތުރު މައުލޫމާތު އެ އެކަޑަމީގެ ފޭސްބުކް ޕޭޖުންވެސް ލިބޭނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355