ފޯނުން ގޭމް ކުޅެގެން އަންހެނަކު ލޯ އަނދިރި ވެއްޖެ

ނަސްވާ ޙަސަން - 1 month ago - 9 އޮކްޓޯބަރ 2017



ޖައިނާގެ އަންހެނަކު މުޅި ދުވަހު ފޯނުން ގޭމް ކުޅެން އިނުމުގެ ސަބަބުން އެއް ލޯ އަނދިރި ވެއްޖެ އެވެ.

ސުޑްނަމް ވޫ ޒިއާއޯޖިންގ ނަމަކަށް ކިޔާ 21 އަހަރުގެ މި އަންހެން މީހާ އަކީ މަޝްހޫރު ގޭމެއް ކަމަށްވާ “ހޮނާ އޮފް ކިންގްސް” ކުޅުމަށް ދެވިހިފާފައި ހުންނަ އަންހެނެކެވެ.

ފައިނޭސްގެ މަސައްކަތެއް އަދާކުރާ ވޫ ވަނީ ގިނަ ގަޑިއިރު ތަކެއް ވަންދެން ގޭމް ކުޅެނިކޮށް ކުއްލިއަކަށް ކަނާލު ލޯ އަނދިރިވެފައި ކަމަށް ހަބަރުތަކުން މައުލޫމާތު ލިބެއެވެ.

އަދި ވަގުތުން ހޮސްޕިޓަލަށްގޮސް ދެއްކުމުން އެނގުނު ގޮތުގައި ކަނާތު ލޮލަށް ރެޓިނަލް ވެސަލް އޮކިއުލޭޝަން ނުވަތަ ލޮލުގެ ނާރުތަކުގައި ވަނީ ލޭ ގަނޑުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ވޫ ބުނެފައިވާ ގޮތުގައި އޭނަ އަކީ މިއަހަރު ފެށުނީން ސުރެއް ވީޑިޔޯ ގޭމް ކުޅެން ވަރަށް ވަރު ހުންނަ މީހެއް ކަމަށާއި ނުކައި ނުނިދަވެސް ގޭމް ކުޅެން އިންނަ ކަމަށެވެ.

ޑޮކްޓަރުން ބުނިގޮތުގައި ވޫ ގެ ލޯ އަނދިރިވާން ދިމާވި ސަބަބަކީ ވީޑިޔޯ ގޭމް ކުޅުމުން ކަމަށެވެ.


ގުޅުން ހުރި ލިޔުންތައް