twitterviber whatsapp telegramfacebookyoutube instagram
31st May 2026

ވަންޕްލަސް 5ޓީ ނޮވެމްބަރުގައި ލޯންޗް ކުރަނީ

Oct 10, 2017

އަންނަ ނޮވެމްބަރު މަހު ވަންޕްލަސް 5ޓީގެ ފޯނު ލޯންޗް ކުރުމަށް ހަމަޖެހިއްޖެ އެވެ.

ވަންޕްލަސްގެ 5ޓީ ލޯންޗް މިކުރަނީ އެ ބްރޭންޑްގެ ވަންޕްލަސް 5 ލޯންޗް ކުރިތާ ގާތްގަނޑަކަށް 5 މަސްފަހުންނެވެ.

5ޓީގައި ހިމެނެނީ 6 އިންޗް ފުލް އެޗްޑީ ސްރީނެކެވެ. ސެމްސަންގް ގެލެކްސީ 8 ކާއި ދާދި އެއްގޮތައް ފަރުމާކޮށްފައިވާ މި ފޯނަކީ 8 ޖީބީގެ ރެމް އެއް ހިމެނޭ ފޯނެކެވެ.

ހަބަރުތަކުން ބުނާގޮތުގައި ވަންޕްލަސް 5 އާއީ 5ޓީގެ މާބޮޑު ތަފާތެއް ނެތް ކަމުގައުވިއަސް ި މިއީ އެންމެ ފަހުން ބާޒާރަށް ނެރުނު ޕިކްސެލް 2، އެލްޖީ ވީ30 ވާދަކުރެވޭނެ ފޯނެއް ކަމަށެވެ.

ވަންޕްލަސްގެ ދެން އެންމެ އަވަހަށް ބާޒާރަށް ނުކުންނާނީ ވަންޕްލަސް 6 ކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355