twitterviber whatsapp telegramfacebookyoutube instagram
23rd March 2026

ހދ އަތޮޅު މުބާރާތުގައި ޒިގްޒެގްގެ ކޯޗަކަށް ޔުނައިޓެޑް ވިކްޓްރީގެ ހެޑް ކޯޗް ނަޒީހް

Oct 10, 2017

ހދ އަތޮޅު މުބާރާތުގައި ޒިގްޒެގްގެ ކޯޗަކަށް ޔުނައިޓެޑް ވިކްޓްރީގެ ހެޑް ކޯޗް ނަޒީހް ހަމަޖައްސައިފި އެވެ. ނަޒީހް ވަނީ މިއަދު ކުޅުދުއްފުއްޓަށް  އައިސްފަ އެވެ.

މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 9 ޓީމަކުން ވާދަކުރާއިރު މި މުބާރާތަށް ޒިގްޒެގްގެ ސްކޮޑް ވަރުގަދަ ކުރުމަށް ވަނީ ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ.

އެގޮތުން ކުޅުދުއްފުށީގެ ޓްރާންސްފާ ރެކޯޑަކަށް މި ފަހަރު ކުޅުދުއްފުށީ ޓީމަށް މޮޅު ކުޅުމެއް ދެއްކި ހަސަން ޝާމިލް (މިލޭ) ވަނީ ޒިގްޒެގަށް ކުޅެން އެއްބަސްވެފަ އެވެ. މިލޭ ޒިގްޒެގަށް ކުޅެން އެއްބަސް ވެފައިވަނީ 15000 ރުފިޔާ އަދި މުބާރާތުގެ ބޫޓް ލިބޭ ގޮތަށެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ ހުނަރުވެރި ފޯވާޑެއް ކަމުގައިވާ ހުސައިން ރަޝީދު (ބިގޭ) ވެސް ވަނީ ހާމަކޮށްފައި ނުވާ އަގަކަށް ޒިގްޒެގާ ގުޅިފައެވެ.

ޒިގްޒެގް ޓީމް މިއަދު ނަޒީހްއާ އެކު އެ ޓީމުގެ ދަނޑުގައި ފޮޓޯ އަކަށް ހުއްޓިގެން – ފޮޓޯ: އައިވެލް

މީގެ އިތުރުންވެސް މިފަހަރުގެ ޒިގްޒެގްގެ ސްކޮޑުން ވަރުގަދަ ކުޅުންތެރިން ތަކެއް ފެނިގެންދާނެ އެވެ. އެގޮތުން ޝާފީ، އަންވަރު (ބާޑޭ)، އަހުމަދު ޤާސިމް (ހިންޏޭ)، ހަސަން (ނޫވިލޭ)، އަސްޖައު ފަދަ ކުޅުންތެރިން ފެނިގެންދާނެ އެވެ.

ޒިގްޒެގުން ބުނީ މިހާ ކުޑަ މުއްދަތެއް ތެރޭގައި ފަސްޓް ޑިވިޝަންގެ ކޯޗެއް ގަނައުމުގެ މަޤްސަދަކީ ކުޅުންތެރިން ތަކަކަށް އިތުރު ތަމްރީން ތަކެއް ހޯދައިދިނުމެވެ. އަދި މިކަމުގެ ސަބަބުން ކުޅުދުއްފުށީގެ ފުޓްބޯޅަ ކުރިއަރައިގޮސް ކުރިމަގު އިތުރަށް އުޖާލާވެގެންދާނެ ކަމަށް އެ ކުލަބުން ޤަބޫލު ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355