twitterviber whatsapp telegramfacebookyoutube instagram
3rd June 2026

އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ބާދުޝާހްގެ ދަތުރުތަށް މެދުކަނޑާލައިފި

Oct 15, 2017

އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ބާދުޝާހް ބޯޓްގެ ދަތުރުތަށް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

ކުޅުދުއްފުއްޓާއި މާލެއާ ދޭތެރޭ ދަތުރުކުރާ ބާދުޝާހް ބޯޓުގެ އިންޖީނުގައި މައްސަލައެއް ދިމާވީ އިއްޔެ ހަވީރު ކުޅުދުއްފުށިން ފުރަން ތައްޔާރުވެފައިވަނިކޮންނެވެ.

ބާދުޝާހް ބޯޓްގެ އޮފިޝަލަކު ކޭއޯއަށް ބުނީ އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް އިންޖިނިއަރުން ކުރަމުންދާ ކަމަށެވެ. އޭނާ ބުނީ އިންޖީނުގެ ޓާބޯ ތާށިވުމުގެ ސަބަބުން މިހާރު ޓާބޯ ނައްޓާލުމަށްފަހުން މާލެ ފޮނުވާލާފައިވާ ކަމަށެވެ.

އެމައްސަލަ ހައްލުވެ، ދެތިން ދުވަހުގެ ތެރޭގައި ދަތުރުތަށް އަލުން ފެށޭނެކަމަށް އޮފިޝަލު ލަފާކުރި އެވެ.

ބޯޓުގެ އިންޖީނަށް މައްސަލަ ދިމާވިއިރު އިއްޔެ އިއްޔެ ދަތުރުކުރުމަށް 100 ވުރެގިނަ ފަރާތްތަކުން ޓިކެޓް ނަގާފައިވެ އެވެ. އަދި އެ ފަރާތްތަކުންގެ ޓިކެޓް ރިންފަންޑްކުރުމުގެ ފުރުސަތުވަނީ ބާދުޝާހުން ހުޅުވާލާފަ އެވެ.

ބާދުޝާހް ބޯޓްގެ ޝެޑިއުލް ދަތުރުތަށް 2018 ޖެނުއަރީމަހާ ހަމައަށް ވަނީ އާންމުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355