twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިޙްލާޞް ޤުރުއާން ކުލާހުން 200 ވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

Oct 16, 2017

އިޚްލާޞް ޤުރްއާން ކުލާހުން، އިންސްޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާގެ އެހީތެރިކަމާއެކު ހިންގި ޤާރީ ކޯސްތަކުގެ ދަސްވެނިވުން ބާއްވައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޖަލާލުއްދީން ސްކޫލުގެ ހޯލްގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރެޖިސްޓްރާ އަދި އިންސްޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާގެ އެޑްވައިޒަރ ޑރ ސައުދުﷲ އަލީ އެވެ.

އިޙްލާޞް ޤުރުއާން ކުލާހުގެ ދަސްވެނިވުމުގައި 206 ދަރިވަރަކު ވަނީ ސަނަދު ހާސިލުކޮށްފައިވެ އެވެ. އެއީ ޤާރީ ކޯސް ލެވެލް 1 އަދި 2 އެވެ.

މިރަސްމިއްޔާތުގައި ވަނީ ވަކި ބެޗުތަކުން 1،2 އަދި 3 ހޮވައި އެދަރިވަރުންނަށް އިނާމު ދީފަ އެވެ.

ޝަރަފުވެރިމެހެމާނުގެ އިތުރުން ހާއްސަ ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ އިންސްޓިޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާގެ ޗެއާމަން ޑރ އަބުދުﷲ ސައީދު ހާލިދު އާއި ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް އަދި ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އެވެ.

2014 ވަނަ އަހަރުން ފެށިގެން ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ޤުރްއާނުގެ ޢިލްމު އުނގަންނައިދިނުމަށް މަސައްކަތް ކުރަމުންދާ އިޚްލާޞް ޤުރްއާން ކުލާހުން ޤާރީ ކޯސް ހިންގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އެވެ.

އިޙްލާޞް ކުލާހުގެ ހިޔާވަހި ކަމުގެ ދަށުގައި ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ޤާރި ކޯސް ނިންމާ، ޖުމްލަ 273 ދަރިވަރަކު ވަނީ ސަނަދު ހާސިލުކޮށްފަ އެވެ. އެކުލާހުގެ ކޯސްތަށް މިހާރު ކުޅުދުއްފުށީގެ އިތުރުން ނޮޅިވަރަމާއި ހަނިމާދުގައިވެސް އަންނަނީ ހިންގަމުންނެވެ.

އިޙްލާޞް ޤުރުއާން ކުލާހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ފޮޓޯ ގެލެރީ 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355