twitterviber whatsapp telegramfacebookyoutube instagram
21st March 2026

ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

Oct 16, 2017

ހދ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ހދ އަތޮޅު ކައުންސިލް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ.

ހދ އަތޮޅު ކައުންސިލްތަކަށް އަދި ހދ އަތޮޅުގައި ރެޖިސްޓްރީ ވެފައިވާ ކުލަބް ޖަމިއްޔާ ތަކަށް ހުޅުވާލައިގެން ބޭއްވޭ މި މުބާރާތުގައި ޖުމްލަ 9 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.

މިއަދު ހެނދުނު 10:00 ގައި އޮތް ގުރުއަތުލުމުގެ ރަސްމިއްޔާތު އޮތްއިރު ގުރޫޕް A ގައި ހިމެނެނީ ހަނިމާދޫ، ނައިވާދޫ އަދި ހިރިމަރަދޫ އެވެ. ގުރޫޕް B ގައި ހިމެނެނީ ޒިގްޒެގް، ސްކައި އަދި ނޮޅިވަރަމްފަރެވެ. ގުރޫޕް ސީ ގައި ހިމެނެނީ ކްލަބް ކޮރަލްސް، ކްލަބް ތިލަދުންމަތި އަދި ކުރިނބީ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގުރޫޕަކުން 1 ވަނަ އާއި ތިން ގުރޫޕްގެ ތެރެއިން އެންމެ މޮޅު ދެވަނަ ހޯދާ ޓީމެކެވެ. މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ނައިވާދޫ އަދި ހަނިމާދޫ އެވެ.

މި މަހުގެ 20 އިން ނޮވެންބަރު 2 އަށް ކުރިއަށްދާ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމުތަކުން ވަނީ ގިނަ މެޗުތަކެއް ކުޅެ ޓީމު ވަރުގަދަ ކުރަން  ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށީގެ ތިން ޓީމުން ވަނީ އަގަށްވެސް ކުޅުންތެރިން ގެނެސްފަ އެވެ.

މި މުބާރާތުގެ ޤަވާއިދު ބުނާ ގޮތުން ފުރަތަމަ 11 ގައި 23 އަހަރުން ދަށުގެ 5 ކުޅުންތެރިން ހިމަނަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355