twitterviber whatsapp telegramfacebookyoutube instagram
31st May 2026

އައިއޯއެސް 11 އިން ދެން ސިއްރުން ސުނެޕް ރިކޯޑެއް ނުކުރެވޭނެ!

Oct 16, 2017

ސެޕްޓެންބަރ މަހު ވަނީ އައިއޯއެސް 11 ގެ ފައިނަލް ވާޝަން ރިލީޒްކޮށް، ފޯނުގެ އެޕް ތަކަށް ވަނީ ވަރަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެެވެ.

އެގޮތުން އައިއޯއެސް 11 ބޭނުންކުރާ ފަރާތްތަކުން ދާދި ފަހުން ވަނީ ވަގުތީ މެސެޖާއި ފޮޓޯ، ވީޑިއޯ ފޮނުވޭ އަދި ސްކްރީން ޝޮޓް ނެގުމުންވެސް ފޮނުވި ފަރާތަށް އެނގޭ ގޮތަށް ތައްޔާރުކުރެވިފައިވާ އެވަން ސްޕީލްބާގްގެ އޯގްމެންޓެޑް ރިއޭލިޓީ ސޯޝަލް ނެޓްވޯކް ކަމަށްވާ “ސްނެޕްޗެޓް” އިން ސްނެޕް ކުރި ފަރާތަށް ނޭނގި ސްކްރީން ރިކޯޑިން ނެނގިފައެވެ.

ހަބަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި ބޭނުންތެރި މިފީޗާއަކީ ރައްކާތެރި ފީޗާއެއް ނޫންކަމަށް ގިނަ ބަޔަކު ދެކޭތީ ސްނެޕްޗެޓްގެ ފަހުގެ އަޕްޑޭޓް އަށް ފަހު ސްކްރީން ރިޑޯޑް ކުރާކަން އިނގޭނެ ކަމަށް ބުނެފައި ވެއެވެ.

އެގޮތުން ސްކްރީން ސޮޓް ނެމުމުންވެސް ސްނެޕް ޗެޓް އިން ނޯޓިފިކޭޝަން އެއް އަންނަ ފަދައިން މިހާރު ސްކްރީން ރިކޯޑް ނެގުމުންވެސް ނޯޓިފިކޭޝަން އެއް ލިބޭނެ ކަމަށް ހަބަރުތަކުން ބުނެއެވެ.

އެހެންކަމުން ރާއްޖޭގައިވެސް ގިނަ ބައެއްގެ މަގުބޫލުކަމެއް ހޯދައިފައިވާ ސްނެޕް ޗެޓް އަން ސަމާލުވާން ޖެހޭ މިންވަރަށް ސަމާލު ވެވިއްޖެނަމަ އައިއޯއެސްގެ މި ފީޗާ ނުރައްކަލަކަށް ނުވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355