twitterviber whatsapp telegramfacebookyoutube instagram
19th April 2024

މަހާޖައްރާފުގެ ފުރަތަމަ މަސައްކަތަކަށް ކުޅުދުއްފުށީ އެއާޕޯޓްގެ ބިން ހިއްކުން

Oct 16, 2017

އެމްޓީސީސީ އިން މުޅިން އަލަށް ގެންނަ ކޮންނަ ބޯޓް “މަހާޖައްރާފު” ން ކުރާ ފުރަތަމަ މަސައްކަތަކީ ކުޅުދުއްފުށީ އެއާޕޯޓު އަޅަން ބިން ހިއްކުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިއަތު އާ ހަވާލާދީ “އަވަސް” ނޫހުން ބުނެފައިވާ ގޮތުގައި މިމަހުގެ ފަހުކޮޅު، ކޮންނަ ބޯޓު ރާއްޖެ އަންނަ ގޮތަށް ސީދާ ދާނީ ކުޅުދުއްފުއްޓަށް ކަމަށާއި ކުޅުދުއްފުށީގައި އެއާޕޯޓް ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އަދި މިއީ ޑްރެޖަރުން ހިންގާ ފުރަތަމަ މަސައްކަތް ކަމަށާއި އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުމަށް ޓޫރިޒަމް މިނިސްޓްރީއާ ވާހަކަ ދެކެވުމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީގެ ކޮންނަ ބޯޓް މަހާޖައްރާފު–

އޭގެ އިތުރުން މި މަޝްރޫއުން އެ ކުންފުންޏަށް 53.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި މި މަޝްރޫއު 180 ދުވަހުން ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ޖެނުއަރީ މަހުގެ ތެރޭގައި މޫދަށް ބާލާފައިވާ މި ކޮންނަ ބޯޓު ރާއްޖެއިން ބޭރުގެ ބައެއް މަޝްރޫއުތައް ހިންގުމަށްވެސް ހަމަޖެހިފައި ވެއެވެ. އެގޮތުން ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުންނަ މި ބޯޓަށް 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.

ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ މި އުޅަނދު ބަނުމުގެ މަސައްކަތް ކުރިއިރު ބޯޓު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ވަނީ ހޭދަ ކޮއްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355