twitterviber whatsapp telegramfacebookyoutube instagram
19th April 2024

ވިލާކޮލެޖަށް 10 އަހަރު: ފަސްހާހަށް ވުރެ ގިނަ ދަރިވަރުން ޑިގްރީ ހަދާފައިވޭ

Oct 18, 2017

ވިލާ ކޮލެޖަށް 10 އަހަރު ފުރުމުގެ ރަސްމިއްޔާރު ރޭ އެ ކޮލެޖުގައި ބާއްވައިފި އެެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކޮލެޖްގެ ވައިސް ރެކްޓަރު އަލީ ނަޖީބު ވިދާޅުވީ އެ ކޮލެޖްގެ ބާނީ ގާސިމް އިބްރާހިމް ކޮށްދެއްވާ ކަންތައްތަކުގެ ތެރެއިން އެންމެ ހާއްސަ ހިދުމަތަކީ އެ ކޮލެޖަށް އެމަނިކުފާނުގެ އެއްވެސް ސިޔާސީ ނުފޫޒެއް ނުފޯރުވުން ކަމަށާއި އެއީ ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތަކުގެ ކިބައިން ނުފެންނަ ސިފައެއް ކަމަށެވެ.

ވިލާ ކޮލެޖު އުފެއްދުމާއެކު ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކާއި ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން ކޯސްތަކުގެ ފެންވަރާއި ދަރިވަރުން ކިޔެވުމުގެ ވަގުތުތަކަށް ވެސް ބަދަލު އައިސްފައިވާ ކަމަށް ނަޖީބް ވިދާޅުވި އެވެ.

އެގޮތުން ހެނދުނުގެ ދަންފަޅީގެ އިތުރުން ހަވީރާއި ވެސް ރޭގަނޑު ހިމަނައިގެން އަދި ބްލޮކް މޮޑަލްއަށް ފުރަތަމަ ކިޔަވައިދޭން ފެށީވެސް އެ ކޮލެޖުގަ އެވެ.

2007 ވަނަ އަހަރު ހުޅުވުނު އެ ކޮލެޖަކީ ވިލާގެ ޗެއާމަން ގާސިމް އިބްރާހީމް ވަރަށް އާދައިގެ ގޮތަކަށް ހުޅުވި ކޮލެޖެކެވެ. 60 ދަރިވަރުންނާއި އެކު ހުޅުވި މި ކޮލެޖުން މިހާރު 2000 ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދާއިރު 5000 ވުރެ ގިނަ ދަރިވަރުން ވަނީ ޑިގްރީ ފެންވަރަށް ގްރެޖްއޭޓް ވެފައެވެ.

އަދި ރާއްޖޭގެ 14 އަތޮޅެއްގައި ވިލާ ކޮލެޖްގެ ކެމްޕަސްތަކާއި ލާނިން ސެންޓަރުތައް ވަނީ ގާއިމްކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355