twitterviber whatsapp telegramfacebookyoutube instagram
3rd June 2026

އެއާޕޯޓް އަޅާ ސަރަހައްދުގައިވާ ބޮނބި އޮޅުތައް ނެގުމަށް އަންގައިފި

Oct 18, 2017

ކުޅުދުއްފުށީ އެއާޕޯޓް އަޅާ ސަރަހައްދުކަމުގައިވާ އުތުރުކޮޅު ކުޅިއާއި ކުޅި ހިމެނޭ ސަރަހައްދު ހުރި ތަކެއްޗާއި، ބޮނބި އޮޅާއި އަދި މިނޫންވެސް ތަކެތި ނެގުމަށް ކައުންސިލުން އަންގައިފި އެވެ.

ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކުޅުދުއްފުށީ އުތުރުކޮޅު ކުޅީސަހައްދުގައި ވަޅުލައިފައިވާ ތަކެއްޗާއި، ބޮނބި އޮޅާއި އަދި މިނޫންވެސް ތަކެތި މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށެވެ.

ކައުންސިލުން ނެރުނު އިތުރު އިއުލާނެއްގައި ބުނެފައި ވަނީ އެސަހައްދުގައިވާ ކަނދުބުޑުލީ ރުކާއި ގަސްގަހުގައި ވަށަމިނުގައި 30 ސެންޓިމީޓަރަށް ވުރެ ބޮޑެތި ގަހުގައި ރަތްކުލައިގެ ސްޕްރޭ ދަވާދުން ނަންބަރު ޖަހާފައިވާނެ ކަމަށެވެ. އެގޮތުން އެއާޕޯޓް އެޅުމަށް ފާހަގަ ކުރެވިފައިވާ ސަރަހައްދުން އެއްވެސް ފަރާތެއްގެ ރުއް ގަހެއްގައި ނަންބަރު ޖެހިފައި ނުވާނަމަ އެކަމުގެ ޝަކުވާ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ އިދާރާއަށް ގެންގުމަށްވެސް އިއުލާންކޮށްފައިވެ އެވެ.

އަދި ނަންބަރު ޖެހިފައި ނުވާ ތަކެތީގައި ނަންބަރު ޖެހުން އޮންނާނީ ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:00 ން 11:00 އަށް އިއުލާނުގައި ވެއެވެ.

މިމަހު ފަހުކޮޅު އެމްޓީސީސީން އަލަށް ގެންނަ ކޮންނަ ބޯޓް “މަހާޖައްރާފު” ން ކުޅުދުއްފުށީ އެއާޕޯޓު އަޅަން ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355