twitterviber whatsapp telegramfacebookyoutube instagram
19th April 2024

ތުއްތުގެ ކުއްލި މަރުން ކުޅުދުއްފުށި ރޮއްވާލައިފި

Oct 19, 2017

ދާދީ ފަހުން ކޭއޯއިން ފީޗާ ރިޕޯޓް ގެނެސްދިން މުހައްމަދު ޝާމިލް (ތުއްތު) ރޭގެ ދަންވަރުގެ ވަގުތެއް ވަނީ ކުއްލިގޮތަކަށް ނިޔާވެފައި އެވެ. އޭނާ ނިޔާވި ޙަބަރު ލިބުމާއެކު ގިނަ ބަޔަކު ޝޯސަލް މީޑީއާގައި ދަނީ ޝުއޫރުފާޅުކޮށް ހިތާމާގައި ބައިވެރިވަމުންނެވެ.

ތެލެސީމާ ބަލި ތަހައްމަލުކުރަމުންދާ 19 އަހަރުގެ ތުއްތު ނިޔާވެފައިމިވަނީ ވަރަށް ކުއްލިގޮތަކަށް ރޭގެ ދަންވަރުގެ ވަގުތެއްގައި ކުޅުދުއްފުށީ ހޮސްޕިޓަލުގަ އެވެ.

ތުއްތުގެ މޫނު ދެކުން މިހާރު ކުރިއަށްދާއިރު ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު ކުޅުދުއްފުށީ ހުކުރު މިސްކިތުގަ އެވެ. ރަށުން ބޭރުގައި އުޅޭ  ބައެއް ރަހުމަތްތެރިނާއި އާއިލާގެ މެމްބަރުންވެސް ވަނީ ތުއްތުގެ ޖަނާޒާގައި ބައިވެރިވުމަށް މިއަދު ކުޅުދުއްފުއްޓަށް އައިސްފަ އެވެ.

ތެލެސީމިއާގެ ވޭން ތުއްތުގެ ދުލުން!

ކޭއޯއަށް ކުރިން ދީފައިވާ އިންޓަވިއުގެ ތުއްތު ވަނީ ތެލެސީމީ ކުދިން ތަހައްމަލުކުރަމުންދާ ވޭނީ އިހުސާސްތަށް ވަރަށް ރަނގަޅަށް ކިޔާދީފަ އަދި އޭނާގެ އާއިލާގެ މެމްބަރުންނާއި ރަހުމަތެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަ ޝުކުރުއަދާކޮށްފަ އެވެ. އަދި އޭނާ ވަނީ ކައިވެނި ކުރުމުގެ ކުރިން ކޮންމެ މީހަކުވެސް ޓެސްޓްކޮށް، ރަނގަޅަށް ބެލުމަށްފަހު ނޫނީ ކައިވެނި ނުކުރުމަށް ނަސޭހަތެރިވެފަ އެވެ.

“މީހުން އެބަޖެހޭ ވަރަށް ބޮޑަށް އެވެޔާ ވާން މިކަމަށް. ވަރަށް ފަރުވާ ކުޑަވެގެން ދިމާވާ މައްސަލައެއް މިއީ. ޓެސްޓް ހަދައިގެން ރަނގަޅަށް ބަލައިގެން މެރީ ކޮށްގެން އުޅޭނަމަ މިކަހަލަ ކަންކަމެއް ދިމައެއް ނުވާނެ. އެމީހުންނަށްވެސް ރަނގަޅުވާނީ ބަލާލައިން އުޅުނީމަ.”  ތުއްތު ދީފައިވާ ނަސޭހަތްކޮޅެއް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355