ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ހދ ހަނިމާދޫގެ ކެތިއަރާ ޖަމިއްޔާއިން ފަންޑު ހޯދުމުގެ ގޮތުން މިދިޔަ މަހު ހަނިމާދޫގައި ބެހެއްޓި ފަންޑު ފޮށިން 6 ހާހައްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ހަނިމާދޫގެ ޒުވާނުން ހިންގާ ޖަމިއްޔާއެއް ކަމަށްވާ ކެތިއަރާ އިން އިސްނަގައިގެން ހަނިމާދޫ ރައްޔިތުންނަށް ބެހެއްޓި ފަންޑު ފޮށި ކަނޑާފައި މިއަދު އެރަށު ކައުންސިލް އިދާރާގައި ކައުންސިލްގެ ރައީސް ހާޒިރުގަ އެވެ.
ކެތިއަރާ އިން ރޮހިންޔާ ފަންޑަށް އެހީވުމަށް ބެހެއްޓި ފަންޑު ފޮށި ކަނޑަނީ–
ކެތިއަރާއިން މައުލޫމާތު ދިން ގޮތުގައި ހަނިމާދޫގައި ބެހެއްޓި ފަންޑު ފޮށިން ލިބުނު 6177.60 ރުފިޔާ ކައުންސިލްގެ ރައީސް އަބުދުއްސަލާމް އާއި މިއަދު ވަނީ ހަވާލުކޮއްފައި ކަމަށެވެ.
ހާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގެ ގިނަ ރަށްތަކެއްގައިވެސް އަންނަނީ ރޮހިންޔާ މުސްލިމުންގެ ހައްގުގައި އަޑުއުފުލައި ފަންޑް ހޯދުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.