twitterviber whatsapp telegramfacebookyoutube instagram
29th March 2024

ވިކްޓަރީ ޓީމް ކުޅުދުއްފުއްޓަށް އަތުވެއްޖެ

Feb 17, 2011

ވިކްޓަރީ ސްޕޯޓްސް ކްލަބް މިއަދު ހެނދުނުގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް އަތުވެއްޖެއެވެ. އެކުލަބަށް 40 އަހަރުފުރުން ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ 3 ހިސާބަކަށް ކުރާ ސިލްސިލާ ދަތުރުތައް ފެށުމުގެ ގޮތުން މިއަދު ކުޅުދުއްފުއްޓަށް އައުމުން ކުޅުދުއްފުށީ ބަނދަރުން އެކްލަބަށް މަރުހަބާ ދެންނެވީ މަތިއުތުރު ޕްރޮވިންސްގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ ހަސަން ޒިޔާދާއި ކުޅުދުއްފުށީ ކައުންސިލަށް އިންތިހާބު ވެވަޑައިގެންފައިވާ ބައެއް ބޭފުޅުންގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ ވެރިންނާއި ފުޓުބޯޅައަށް ތަރުހީބުދޭ ޒުވާނުންނެވެ.

ވިކްޓަރީ ސްޕޯޓްސް ކްލަބާއެކު ކުޅުދުއްފުއްޓަށް އައި ކޮންޓިންޖެންޓުގައި އެކްލަބްގެ ކުޅުންތެރިންގެ އިތުރުން ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދިވެހިރާއްޖޭގެ މީޑިއާތައްވެސް އައިސްފައިވެއެވެ. ވިކްޓަރީގެ ހެޑްކޯޗް ސުޒޭނު ކުރިން މައުލޫމާތު ދީފައިވާގޮތުން މިދަތުރުގައި ވިކްޓަރީގެ ޝިނާޒް ފިޔާވާ އެހެން ހުރިހާ ކުޅުންތެރިން ބައިވެރިވާނެއެވެ.

ވިކްޓަރީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެޓީމުގެ ކުރީގެ ކޯޗު އަދި ކުރީގެ ގޯލް ކީޕަރު، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ މައުރޫފް އަހުމަދު (މާއްޓޭ) އާއި އިސްމާއިލް ޒަރިޔަންދުގެ އިތުރުން ކުރީގެ ކެޕްޓަން މުހައްމަދު އިބްރާހިމް (ކައްޕި) ވެސް ކުޅުދުއްފުއްޓަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

ވިކްޓަރީގެ މިދަތުރުގައި ކުޅުދުއްފުށީގައި ތިންމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ހަވީރު ވިކްޓަރީ އާއި މުރައިދޫގެ ޓީމު ކުޅޭއިރު، ކުޅުދުއްފުށި އަދި ހަނިމާދޫގެ ޓީމާއެކު މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު ފޮޓޯތައް ބެއްލެވުމަށް ކުޅުދުއްފުށި ޑޮޓްކޮމް ފޭސްބުކް ޕޭޖަށް ޒިޔާރަތް ކުރަށްވާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355