twitterviber whatsapp telegramfacebookyoutube instagram
15th August 2026

ދިއްދޫގައި ބާއްވާ ސްވިމިންގ ކޯޗަސް ކްލިނިކްގައި ބައިވެރިވުމަށް ހުޅުވާލައިފި

Oct 22, 2017

ބައިނަލްއަގްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްއިއްޔާ ފީނާއިން ހއ ދިއްދޫގައި ބާއްވާ އޯޕަން ވޯޓަރ ސްވިމިންގ ބޭސިކް ކޯޗިންގ ކްލިނިކްގައި ބައިވެރިވުމުގެ ފުުރުސަތު ހުޅުވާލައިފި އެެވެ.

މި މަހު 26 ން 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 24 އޮކްޓޯބަރ ވާ އަންގާރަ ދުވަހުގެ 13:00 ހަމައަށް ހުޅުވާލާފައިވާއިރު މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުުމުރުން 16 އަހަރު ފުރިފައިވާ ބައިވެރިންނަށެވެ. މީގެ އިތުރުން އިނގިރޭސިބަހުން ރަނގަޅަށް ލިޔަން ކިޔަން އަދި ވާހަކަދައްކަން އިނގޭ އަދި ރަނގަޅަށް ފަތަން އެނގޭ މީހެއް ކަމުގައިވުންވެސް ޝަރުތުގައި ހިމެނެއެވެ.

މި ޕްރޮގްރާމު ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން 12:00 އަށް އަދި ހަވީރު 16:00 ން 18:00 އަށެވެ. ބައިވެރިންގެ އެކޮމޮޑޭޝަން އަދި ދަތުރު އަމިއްލައަށް ހަމަޖައްސަން ޖެހޭއިރު ޕްރޮގްރާމުގައި ބައިވެރިވުމަށް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

ބައިވެރިވުމަށް އިންލައިންކޮށް  މި ފޯމް ފުރުމަށްފަހު 24 އޮކްޓޯބަރ 13:00 ގެ ކުރިން ސަބްމިޓް ކުރުމަށް ފީނާއިން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355