twitterviber whatsapp telegramfacebookyoutube instagram
20th April 2024

ފުއްޓަރުގައި އެއާޕޯޓް ހެދޭނީ ކަނޑުގެ އުރަފަށާ ހަމައަށް ހިއްކައިގެން: އަލީ

Oct 22, 2017

ކުޅުދުއްފުށީގައި ސަރުކާރުން ހަދަން ނިންމާފައިވާ އެއާޕޯޓް، ރަށުގެ އިރުމަތި ފަރާތް (ފުއްޓަރު) ގައި ހަދަން ގިނަ މަސައްކަތްތަކެއް ކުރިކަމަށާއި އެތަނުގައި އެއާޕޯޓް އަޅަން ބޭނުންވާ މިން ލިބެނީ ކަނޑުގެ އުރަފަށާ ހަމައަށް ހިއްކައިގެންވާތީ އެކަން އެގޮތަށް ކުރިވެން ނެތް ކަމަށް ސަރުކާރުގެ މުވައްސަސާތަކުން ބުނެފައިވާކަމަށް ކައުންސިލުގެ ކުރީގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް ހަދަން ސަރުކާރުން މަސައްކަތް ކުރާތީ އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝުއޫރުފާޅުކުރަމުންނެވެ.

އެއާޕޯޓް ރަށުގެ އިރުމަތި ފަރާތުގައި ހަދަން ރަށުގެ ހުރިހާ ރައްޔިތުންވެސް ތާއިދުކުރެ އެވެ. ނަމަވެސް އެއާޕޯޓަކަށް ބޭނުންވާ އެކަށީގެންވާ މިން އެސަރަހައްދު ނުލިބޭކަމަށް ކަމާ ގުޅުން ހުރި ފަރާތްތަކުން ކައުންސިލަށް އަންގާފައިވާތީ ކުޅުދުއްފުށީގައި އެއާޕޯޓެއް ތަރައްގީކުރެވެން އަންނަނީ ހަމައެކަނި ކުޅި ހިއްކައިގެން އެތަނުގައި ކަމަށް ކައުންސިލުގެ ރައީސް އަބުދުލްލަތީފުވެސް ވަނީ ވިދާޅުވެފައި އެވެ.

ކޭއޯއަށް ވާހަކަ ދައްކަވަމުން ހދ އަތޮޅު ކައުންސިލުގެ ކުރީ މެމްބަރު އަދި މިދިޔަ ދައުރުގެ ކުޅުދުއްފުށީ ކައުންސިލުގެ ރައީސްކަން ކުރެއްވި އަލީ މުހައްމަދު ވިދާޅުވީ ފުއްޓަރު ފަރާތްތަކުގައި އެއާޕޯޓް ހަދަން ވަރަށް ގިނަ ދިރާސާތަކެއްކޮށް، ސާރވޭ ތަކެއް ކުރިވެ މިންތަކެއް ނަގައިފައިވާ ކަމަށެވެ. ނަމަވެސް އެތަނުން އެއާޕޯޓެއް ހަދަން ބޭނުންވާ މިން ލިބެން ނެތްކަމަށް ކަމާގުޅުން ހުރި މުވައްސަސާތަކަކުން ބުނެފައިވާ ކަމަށެވެ.

” އެބޭފުޅުން (ރީޖަނަލް އެއާޕޯޓްސް) އިން ހުށަހަޅަމުން ދިޔަ ކުރެހުންތަކުން އަޅުގަނޑުމެންނަށްވެސް އެނގޭ އެއާޕޯޓެއް ވިއްޔާ ވަކި މިންތަކެއް ހުންނަ ދެތޯ!؟ ސިވިލްވިއޭޝަން ގަބޫލުކުރާ މިންތަކެއް ހުންނަށް އެބެޖެހޭ ” އަލީ ވިދާޅުވި އެވެ.

އެންމެ ފުރަތަމަ އެއާޕޯޓްގެ ސާރވޭތަށް ކުރިއިރުވެސް ފީނާގެ ފުއްޓަރު ފަރާތުގެ މިން ތަށް ބަލާ ފައިވާނޭ ކަމަށާއި އެކަށީގެންވާ މިން އެތަނުން ލިބިފައިނުވާ ކަމަށެވެ. ރައްޔިތުން ކިއްތަމެއް ބޭނުންވިޔަސް ރީޖަނަލް އެއާޕޯޓްގެ ބޭފުޅުން ދައްކާފައިވާ ޕުރޫޕްތަކަކީ ހަގީގަތުގައިވެސް ގަބޫލުކުރެވޭ ކަންތައްތަކެއް ކަމަށް އަލީ ވިދާޅުވި އެވެ.

” އެންމެ ބޭރަށް. ކަނޑުގެ އުރަފަށާ ހިސާބަށް ހިއްކާފިއްޔާމުން މިން ލިބޭނެ. އެކަމަކު އެހިސާބަށް ހިއްކުމަކީ ފަސޭހަކަމެއް ނޫން ކަމަށް ސަރުކާރުން ވިދާޅުވަނީ ” ކުރީގެ ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ކައުންސިލުގެ ރައީސް އަބުދުލް ލަތީފުގެ ވާހަކަ ތާއިދުކުރައްވަމުން އަލީ ވިދާޅުވީ އެއްގޮތް ނެއްޔާމުން އަނެއް ގޮތަކުންވެސް އެއާޕޯޓް އަޅަން ތާއިދު ކަމަށެވެ. ކުރީގެ ކައުންސިލުންވެސް އެއާޕޯޓް އެޅުމަށް ފުރިހަމައަށް އެއްބާރުލުންދިން ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލުގެ ރައީސް ކަމުގައި ހުންނެވިއިރު އަލީ ވިދާޅުވެފައިވަނީ އެއާޕޯޓް 2018 ނިޔަލަށް އަޅައި ނުދީ ކުޅުދުއްފުއްޓަށް އަރާވަޑައިނުގަންނެވޭ ކަމަށާއި ވަޑައިގަންފި ނަމަ ރައީސް ޔާމީނާ ދެކޮޅަށް ވަރުގަދައަށް އިހްތިޖާޖު ކުރާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355