twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ކުޅުދުއްފުށީ އެއާޕޯޓާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް މުއިއްޒު ރައްދުދެއްވައިފި

Oct 22, 2017

ކުޅުދުއްފުށީގައި ކުޅިހިއްކައިގެން އެއާޕޯޓް ހަދަން ސަރުކާރުން ނިންމާފައިވާތީ އެކަމާ ދެކޮޅަށް އަޑުއުފުލައި ފަރާތްތަކަށް ހައުންސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ރައްދުދެއްވައިފި އެވެ.

ރާއްޖޭގައި އޮންނަ ހަަމައެކަނި މަށިކުޅި ހިއްކައިގެން އެއާޕޯޓް ހަދަން ސަރުކާރުން މަސައްކަތް ކުރާތީ ތިމާވެއްޓަށް ލޯބިކުރާ ގިނަ ޒުވާނުންތަކެއް އަންނަނީ ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް ޝުއޫރުފާޅުކުރަމުންނެވެ.

މިނިސްޓަރ މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން ކުޅުދުއްފުށީ އެއާޕޯޓް ހަދާނެކަން ޔަގީންވުމުން، ރައްޔިތުންގެ ކުރިއެރުމަށްވުރެ ސިޔާސީ އެންޑާ ކުރިއަށް ނެރޭނީ ގޮތް ހުސްވުމުން ކަމަށް ވިދާޅުވެފަ އެވެ.

HDh.Kulhudhuffushi airport Raees Yameen hahdhavaanekan yageen vumun, rayyithunge kurierumavvure siyaasee agenda kuriyah nerenee goi husvumun

— Dr.Mohamed Muizzu (@MMuizzu) October 22, 2017

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެކެވެ. ތިމާވެއްޓަށް ލޯބިކުރާ ޒުވާނުންތަކެއް ކުޅި ހިއްކައިގެން އެއާޕޯޓް ހަދަން ނިންމާފައިވުމުން އެކަމަށް ދެކޮޅު ހެދިނަމަވެސް ގިނަ ރައްޔިތުން ބޭނުންވަނީ އެއާޕޯޓް އެޅެން އޮތްތާކުން އަޅާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355