twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބޯންމެރޯ ހެދުމަށް 3 އަހަރުގެ މި ކުއްޖާ، އެހީއަށް ބޭނުންވެފައި

Oct 23, 2017

ކޮންމެ ކުއްޖެއް ވެސް އުފަންވަނީ ފިތުރަތުގެ ސާފު ތޯހިރުކަން މަތީގައެވެ. ކޮންމެ މަންމައާއި ބައްޕައަކު ވެސް ބޭނުންވާނީ ދަރިފުޅު ރަނގަޅު ސިއްހަތެއްގައި ހެދިބޮޑުވާށެވެ. ނަމަވެސް ބައެއް ކުދިންނަކީ އުފަންވާ އިރު ވެސް ސިއްހީ ބައެއް ކަހަލަ މައްސަލަތަށް ދިމާވާ ކުދިންނެވެ. މިއީ ދުނިޔޭގެ ސުންނަތެވެ. ކޮންމެ މީހަކަށް އުފާވެރިކަމުގެ ދިރިއުޅުން އުޅެވޭނެ ކަމީ މުސްތަޙިއްލުކަމެކެވެ.

ނިހާޝާ ސައީދުގެ އުމުރުން ވީ އެންމެ 3 އަހަރެވެ. މިރިހިމާގެ، ހދ. ނޮޅިވަރަމަށް އުފަން ތެލެސީމިއާގެ ބަލި ތަހައްމަލު ކުރަމުންދާ މި ކުޑަކުއްޖާގެ ބޯންމެރޯ ހެދުމުގެމަގު މާތް ﷲ ގެ އިރާދަފުޅާއެކު ސަރުކާރުން ވަނީ ހަމަޖައްސާދީފައި އެވެ.

އަދި އިންޑިޔާގެ ބެންގަލޫރުގައި ފަރުވާ ދިނުމަށް ހަމަޖެހިފައިވާއިރު އާއިލާއިން ދިގު މުއްދަތަކަށް އިންޑިޔާގައި މަޑުކުރަންޖެހޭތީ އެކަމަށް ވަނީ ފައިސާގެ އެހީ އަށް ބޭނުންވެފައި އެވެ.

ނިހާޝާގެ މަންމަ ފާއިޒާ މޫސާ މައުލޫމާތު ދިން ގޮތުގައި ސައީދު ޤާސިމް (ބައްޕަ) އަދި ފާއިޒާ (މަންމަ) ކުރިން ކައިވެނިކޮށް ދަރިން ލިބިފައިވާ ކަމަށާއި ނަމަވެސް ތެލިސީމިއާ ޖެހިފައިވަނީ ނިހާޝާއަށް އެކަނި ކަމަށެވެ.

އަދި ސައީދު އާއި ފާއިޒާގެ ތިބެނީ 3 ކުދިން ކަމަށާއި ނިހާޝާ އަކީ އެ އާއިލާގެ އެންމެ ހަގު ކުއްޖަކަމަށެވެ. އެގޮތުން ބޯންމެރޯ ހެދުމަށް ކުރޮސްމެޗް ޓެސްޓްތައް ހެދިއިރު ކުރޮސްމެޗް ދިމާވެފައިވަނީ 3 ކުދިންގެ ތެރެއިން މެދަށް ހުންނަ ކުއްޖައަށް ކަމަށް ފާއިޒާ މައުލޫމާތު ދިނެވެ.

އަންނަ މަހު ތެރޭގައި ބެންގަލޫރަށް ފުރުމަށް ހަމަޖެހިފައިވާއިރު އެ ކުޑަކުއްޖާގެ ހުވަފެންތައް ފުރިހަމަ ކޮށްދިނުމަށް އެހީއަށްއެދި އެ އާއިލާއިން ދަނީ އާދޭސް ކުރަމުންނެވެ.

ނިހާޝާ އަށް އެހީވެދެން ބޭނުންވާ ފަރާތްތަކުން ނިހާޝާގެ ބޭބެ މުހަައްމަދު ސައީދުގެ އެކައުންޓް ނަންބަރު 7706349878101 އަށް ޖަމާކޮށްދިނުމަށް އާއިލާއިން އެދެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން މުހައްމަދުގެ ނަންބަރު ‎7888432 ނުވަތަ ބައްޕަ ސައީދުގެ ނަންބަރު 7803986 އަށް ގުޅުއްވައިގެން މައުލޫމާތު ހޯދެވުމަށް ދަންނަވަމެވެ.

މާތްﷲ ނިހާޝާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި، ނިހާޝާއަށް ބާއްޖަވެރި މުސްތަޤުބަލެއް މިންވަރު ކުރައްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވާށިއެވެ. އާމީން!

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355