twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޑރ ކިޓީ އާއި އަބިތު އަނެއްކާވެސް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލިމީހުން ބަލަން ފަށައިފި

Oct 23, 2017

އިންޑިޔާގެ މަޝްހޫރު އަންހެނުން ހާއްސަ ޑޮކްޓަރު ޑރ ކިޓީ މަމްމެން އާއި ސްކޭން ހާއްސަ ޑޮކްޓަރު ޑރ އަބިތް އާޝޯކް މިއަދުން ފެށިގެން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ހަމަޖެހިއްޖެ އެވެ.

މި ދެ ޑޮކްޓަރުން ވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހު ވެސް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލިމީހުން ބަލާފަ އެެވެ. އެފަހަރުވެސް ގިނަ ބަޔަކު ވަނީ ޑރ ކިޓީއަށް ދައްކާފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ހިންގާ އެންއައިއައި އިން ބުނިގޮތުގައި މިއަދު ހަވީރު 4 ން މިރޭ 10 އަށް އަދި މާދަމާއިން ފެށިގެން ހެނދުނު 8 ން ރޭނގަޑު 4 އަށް ދެ ޑޮކްޓަރުންވެސް ބަލިމީހުން ބަލާނެ ކަމަށެވެ.

އަދި ޑރ ކިޓީ ބެލުމަށް ހަމަޖެހިފައިވަނީ ނޮވެންބަރ 6 ވަނަ ދުވަހާއި ހަމައަށް ކަމަށާއި ނޮވެންބަރ އަދި ޑިސެންބަރ މަހު ވެސް 10 ދުވަހަށް ބަލިމީހުން ބެލުމަށް ހަމަޖެހިފައިވާ ކަމަށް އެންއައިއައި އިން މައުލޫމާތު ދެއެވެ.

އަދި ސްކޭން ހާއްސަ ޑޮކްޓަރު ޑރ އަބިތް އާޝޯކް ބަލިމީހުން ބެލުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ނޮވެންބަރ 23 ވަނަ ދުވަހާއި ހަމައަށެވެ.

މި ދެ ޑޮކްޓަރުންނަކީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ދާއިމީކޮށް މަސައްކަތް ކުރަން ހަމަޖެހިފައިވާ ޑޮކްޓަރުން ކަމަށާއި އެހެން ނަމަވެސް އިންޑިޔާގައި ނިންމަން ޖެހިފައިވާ ބައެއް ކަންކަން ހުރުމުގެ ސަބަބުން އެކަންކަން ނިންމުމަށްފަހު ދާއިމީކޮށް ބަލަން ފައްޓާނެ ކަމަށް އެންއައިއައި އިން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ޑރ ކިޓީގެ މަސައްކަތް ނިންމުމަށްފަހު، ޖެނުއަރީ މަހުން ފެށިގެން ދާއިމީކޮށް ބަލިމީހުން ބަލަން ފައްޓާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355