twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށްޓަކައި ނަގަން ނިންމާފައިވާ 18 ގޯތި!

Oct 23, 2017

ކުޅުދުއްފުށީ އެއާޕޯޓް އަޅަން ނިންމާފައިވާ ސަރަހައްދަށް އަރައި 18 ގޯތި ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އިމާރާތްކުރަމުންދާ މަސްޖިދުލް ފިރުދައުސް ކައިރިއަށެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ނެގުމަށް ހަމަޖެހިފައިވާ 18 ގޯއްޗަކީ ދަނާ، ނަލަފެހި، ސިއުނީވިލާ، ދިމްޔާތު، ސަންރީފް، ސާމިލް، މާލަން، ފްރީޕާކް، ރަންދޯދި، ޑޭޒީފެހި، ވިސާމް، ސްމާޓް، ޑޭޒީވިލާ، ލިޒްބަން، ލީސައިޑް، ކުލަވަރު، ލީވް އަދި ބީޗްހެވަން އެވެ.

ގެތަށް ނެގުމަށް ހަމަޖެހިފައިވަނީ 4 ކޮއްޓަކުން ނެވެ. އެއީ 291 ނަމްބަރު ކޮށިން 3 ގޯޗާއި، 249 ނަމްބަރުގެ ކޮށިން 6 ގޯޗާއި އަދި 260 ނަންބަރުން ކޮށިން 5 ގޯތީގެ އިތުރުން 259 ނަންބަރުން ކޮށިން 3 ގޯޗެކެވެ.

އޭގެ ތެރޭގައި 3200 އަކަފޫޓްގެ 15 ގޯތި ހިމެނޭއިރު އަނެއް 3 ގޯތީގައި ހިމެނެނީ 3856، 3621 އަދި 3656 އަކަފޫޓެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ 14 ގެ ހިމެނޭއިރު މީހުން ދިރި ނޫޅޭ 4 ގޯތި ހިމެނެ އެވެ.

ކައުންސިލުގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ ނަގަން ޖެހޭ ގޯތިތަށް އަދި އޭގެ ވެރި ފަރާތްތަކަށް އަންގާފައިނުވާނެ ކަމަށާއި އެމަސައްކަތް ކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355