twitterviber whatsapp telegramfacebookyoutube instagram
25th May 2025

ކުޅުދުއްފުށީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

Oct 23, 2017

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލު ކައިރީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

މެންދުރުފަހު ހިނގި މި އެކްސިޑެންޓްގައި ޖެހިފައިވަނީ އަމީނީމަގުން އުތުރުން ދެކުނަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި އިރުން ހުޅަނގަށް، އަމީނީމަގު ހުރަސްކުރަން ދިޔަ ސައިކަލެއްގައި ޖެހިގެންކަމަށް މަންޒަރު ދުށް މީހަކު މިނޫހަށް ކިޔައިދިނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އެކުސިޑެންޓްގައި އަނިޔާވެގެން އަންހެންނަކާއި ފިރިހެނަކަށް ފަރުވާދެމުން އަންނަކަމަށާއި ލިބިފައިވާ އަނިޔާގެ ތަފުސީލު އަދި ދެވެން ނެތް ކަމަށެވެ. ނަމަވެސް ސީރިއަސް އަނިޔާތަކެއް ވެފައިނުވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ 38 އަހަރު އަންހެނަކަށާއި 22 އަހަރުގެ ފިރިހެނަކަށެވެ.

މިއެކްސިޑެންޓްގައި ސައިކަލުގައި ދުއްވަން ތިބި ދެ މީހުންނަށް އަނިޔާވެފައިވާއިރު ދެ ސައިކަލަށާއި އަފީފުއްދީން ސްކޫލުގައި ކައިރީގައި ހުރި ބައިސްކަލުތަކަކަށް ވަނީ ގެއްލުންވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355