twitterviber whatsapp telegramfacebookyoutube instagram
25th May 2025

ކުޅި ހިމާޔަތްކޮށްފައި ހަދައި އެއާޕޯޓަކުން ފައިދާކުރާނެ: އަލީ ވަހީދު

Oct 23, 2017

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ތާއިދުކުރާ ކަމަށާއި ކޮންމެ ސަރުކާރަކުން އެއާޕޯޓެއް އެޅި ނަމަވެސް ކުޅި ހިމާޔާތްކޮށްފައި ހަދައި އެއާޕޯޓަކުން ބޮޑަށް ފައިދާކުރާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުންދާ އަލީ ވަހީދު މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓްރީޓެއްގަ އެވެ.

” ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ތާއިދުކުރަން. ކޮންމެ ސަރުކާރަކުން އެޅިޔަސް ކުޅި ހިމާޔަތްކޮށް، އެޅޭ އެއާޕޯޓަކުން ފައިދާކުރާނެ ” ކުޅުދުއްފުއްޓަށް އުފަން އަލީ ވަހީދު ވިދާޅުވި އެވެ.

Kulhuduffusheegai Airporteh elhumah thaaeedhu kuran. Konme sarukaarakun elhiyas rashuge kulhi himaayaikoh elhey airportakun faidhaa kuraane!

— Ali Waheed (@ali20waheed) October 22, 2017

އޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވާން ޖެހޭ ކަމަށާއި ހދ އާއި ބޮޑުތިލަދުންމައްޗަށް ވަރުގަދަ އިޤުތިސާދެއް އަންނަ ޖެހޭ ކަމަށެވެ.

Kulhuduffushi “city” akah badhalu vaan jehey. Haa dhaalah fathuruverikamaa, adhi bodu thiladhunmmachchah varugadha iqthisaadheh annan jehey!

— Ali Waheed (@ali20waheed) October 22, 2017

ކުޅުދުއްފުށީގައި އޮންނަ ބޮޑު މަށިކުޅި ހިއްކައިގެން އެއާޕޯޓް ހަދަން ސަރުކާރުން އުޅޭތީ ގިނަ ބަޔަކު އަންނަނީ އެކަމާ ދެކޮޅަށް އަޑުއުފުލައި ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355