twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ލެޕްރޮސްކޯޕީ ސާރޖަރީ ހެދުމަށް ތައްޔާރުވަނީ

Oct 23, 2017

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ލެޕްރޮސްކޯޕީ ސާރޖަރީ ހެދުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން އެންއައިއައި ގެ ޑެޕިއުޓީ ޑިރެކްޓަރ ފާތިމަތު އުސައިދު ވިދާޅުވީ ލެޕްރޮސްކޯޕީއަށް ބޭނުންވާ ހުރިހާ ޓޫލްސްއެއް މިހާރު ހުރީ ހޮސްޕިޓަލަށް ގެނެވިފައިކަމަށާއި ސާރޖަން އައުމާއި އެކު ޓޫލްސްތައް އިންސްޓޯލްކޮށް ހިދުމަތް ދެވެން ފަށާނެކަމަށެވެ.

” ލެޕްރޮސްކޯޕީއަށް ބޭނުންވާ ހުރިހާ ޓޫލްސްއެއް ހުރީ ގެނެވިފަ. ދެން އެއީ ވަރަށް މިނިމަމް ޕްރޮސީޖާއެއް. އެއީ ކީހޯލް ސާޖަރީއެއް. އަނެހެއްހެން މާބޮޑު މެޝިނަރީއެއް ވެސް ނީންނާނެ. ދެން ޑޮކްޓަރު ވަޑައިގެންނެވީމަ ޕްރޮސެސް ކުރިއަށް ދާނީ” ފާތިމަތު ވިދާޅުވި އެވެ.

ސާރޖަން ޑޮކްޓަރު ވިޖިން އަންނަ ހަފްތާގެ ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލާއި ގުޅޭނެ ކަމަށާއި މި އޮޕަރޭޝަނަށް ބޭނުންވާ ސާމާނު ލިބިފައިހުރުމާއި އެކު ޑޮކްޓަރު ވަޑައިގަތުމުން މި މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް ފާތިމަތު ވިދާޅުވި އެވެ. ލެޕްރޮސްކޯޕީ ސާރޖަރީއަކީ ތަނެއް ކަފާލުމުގެ ބަދަލުގައި ކުޑަ ލޯވަޅެއް ކޮނެގެން ކުރާ އޮޕަރޭޝަނެއް ކަމަށާއި އެގޮތުން ޑރ ވިޖިންއަކީ ވަރަށް ތަޖުރިބާކާރު މޮޅު ޑޮކްޓަރެއްކަން ފާތިމަތު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އޮޕްރޭޝަން ތިއޭޓަރުގެ އަޕްގްރޭޑިންގެ މަސައްކަތާއި ބެހޭގޮތުން ފާތިމަތު ވިދާޅުވީ ތިއޭޓާރ އަޕްގްރޭޑް ކުރުމުގައި މި ބަލަނީ މެޝިނަރީޒްތައް އަޕްގްރޭޑް ކުރުމަށް ކަމަށާއި އެގޮތުން ޑޮކްރުންނާއި ވާހަކަ ދައްކައިގެން ބޭނުންވާ ސާމާނުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަދި ހުރިހާ ޑިޕާޓްމެންޓުތަކާއި މަޝްވަރާކޮށްގެން އެ ޑިޕާޓްމެންޓަކަށް ބޭނުންވާ މެޝިނަރީޒްތައް ބަލާ ހަލާކުވެފައި ހުރި އެއްޗެހީގެ ތަފްސީލް ހޯދައި އެތަކެތިވެސް ގެނައުމުގެ މަސައްކަތް ކުރެވެމުންދާކަމަށްވެސް ފާތިމަތު ވިދާޅުވި އެވެ.

“އޮޕްރޭޝަން ތިއޭޓާރ އަޕްގްރޭޑް ކުރުމުގައި ބަލަންޖެހެނީ ޓޫލްސް އަޕްގްރޭޑް ކުރުމުގައި ދެން އެގޮތައް ހަމަ މި އަންނަނީ ސާރޖަންއެއް ވަޑައިގެންނަވާއިރު އެ ސާރޖަންއަކާއެކު ޑިސްކަސް ކޮށްގެން އެ ރިކުއަރވާ ޓޫލްސް މި ގެންނަނީ. ދެން އިތުރަށް މި ގެންނަން ޖެހޭ އެއްޗެހިވެސް ދެން މިދަނީ މިކޮޅުން ހުރިހާ ޑިޕާރޓްމެންޓަކުން ބަލާފަ ކޮންމެ ޑިޕާޓުމެންޓަކުން ވަކިވަކި އެއްޗެހި އެސެސް ކުރަމުން އިތުރަށް ބޭނުންވާނީ ކިހާވަރެއްތޯ، ޑެމޭޖް ވެފައި ހުރީ ކޯޗެއްތޯ އެހުރިހާ އެއްޗެއް ކެޓެގްރައިޒް ކުރަމުން މިދަނީ”

އެގޮތުން އިތުރު އަޕްގްރޭޑްސްތައް މަޑުމަޑުން ގެނެވޭނެ ކަމަށާއި ޑރ ވިޖިން ވަޑައިގުމަށްފަހު އިތުރަށް މިކޮޅުގައި ހުރި ޓޫލްސްތައް ބަލާ ޑޮކްޓަރަށް ދައްކާ އަދަދު ބެލުމަށްފަހު އިތުރަށް ކުރެވޭނެ އޮޕްރޭޝަންތައްކާއި މެދު މަޝްވަރާ ކުރެވޭނެކަމަށް ފާތިމަތު ވިދާޅުވި އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355