twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީ ކުރުމަށް ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުން: އެންއައިއައި

Oct 24, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ 150 އެނދުގެ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ތަރައްގީކުރުމަށް އިންޑިޔާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް(އެންއައިއައި) އާ މިއަހަރުގެ މެދުތެރޭގައި ސަރުކާރުން ވަނީ ހަވާލުކޮށްފައި އެވެ. އަދި ހޮސްޕިޓާ ތަރައްގީކުރުމުގެ މަސައްކަތްތަކެއް ދަނީ އެކުންފުނި ކުރަމުންނެވެ.

ކޭއޯއަށް ދެއްވި އިންޓަވިއުގައި އެންއައިއައިގެ ޑެޕިއުޓީ ޑިރެކްޓަރު ފާތިމަތު އުސައިދު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީ ކުރުމަށް މިހާރުވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށްދާކަމަށާއި އަމަލީ މަސައްކަތް ކައިރި މުސްތަގުބަލެއްގައި ފެންނިގެންދާނެ ކަމަށެވެ.

އެގޮތުން މިހާރުވެސް އިތުރު ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ކުރިއަށްދާއިރު ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީސް ހޯދައި، އޮޕަރޭޝަން ތިއޭޓަރ އަޕްގްރޭޑް ކުުރުމުގެ މަސައްކަތުގެ އިތުރުން ހޮސްޕިޓަލަށް ބޭނުންވާ ހާއްސަ ސޮފްޓްވެއާރގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.

ފާތުން ވިދާޅުވީ ލެޕްރޮސްކޯޕީ ސާރޖަރީގެ ހިދުމަތް ދިނުމަށްޓަކައި އެކަމަށް ހާއްސަ ޑޮކްޓަރެއްގެ އިތުރުން އިތުރު 5 ޑޮކްޓަރުން ގެނައުމަށް ބޭނުންވާ ވިސާގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި މެޝިނަރީސް ގެނައުމަށް ވަކިވަކި ޑިޕާރޓްމެންޓްތަކުން ބޭނުންވާ ސާާމަނު ޑިޕާރޓްމެންތަކާ ވާހަކަ ދައްކައިގެން ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެންއައިއައިގެ ޑެޕިއުޓީ ޑިރެކްޓަރު ފާތިމަތު އުސެއިދު ކޭއޯއަށް އިންޓަވިއުދެއްވަނީ–

އަދި ހޮސްޕިޓަލަށް ބޭނުންވާ ސޮފްޓްވެއާރ ގެ މަސައްކަތްތައް ފުރިހަމަ ކުރުމަށްޓަކާ ހާއްސަ ސޮފްޓްވެއާރ އިންޖިނިއަރެއް މިވަގުތު ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންގެންދާ ކަމަށާއި މަސައްކަތް މިކުރަނީ ވީހާވެސް އަވަހަށް ސޮޕްޓްވެއާރ ގެ މަސައްކަތް ނިންމާލުމަށް ކަމަށް ފާތުން ވިދާޅުވި އެވެ. އެގޮތުން ސޮފްޓްވެއާރގެ މަސައްކަތް ނިމުމުން މެނުއަލްކޮށް ކުރާ ގިނަ މަސައްކަތްތަކަށް އިތުރު ފަސޭހައެއް ލިބި، ހިދުމަތްތައް އަވަސް ވެގެންދާނެ ކަމަށްވެސް ފާތުން ވިދާޅުވި އެވެ.

އެމްއާރުއައި އާއި ސީޓީ ސްކޭންގެ ހިދުމަތާއި ބެހޭގޮތުން މައުލޫމާތު ދެމުން އޭނާ ވިދާޅުވީ އެހިދުމަތް ލަސްވެގެންދަނީ ކުޅުދުއްފުށިން ލިބެން ހުރި ކަރަންޓުން އެ މެޝިންތަކަށް ބޭނުންވާވަރަށް ލޯޑު ނުލިބޭތީ ކަމަށެވެ. އެހެންވެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތަތްތަކާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އެމްއާރުއައި އާއި ސީޓީ ސްކޭންނިންގ މެޝިންތަށް ބަހައްޓާ  ސަރަހައްދުވެސް މަރާމާތުކުރުމުގެ މަސައްކަތްދަނީ ކުރިއަށެވެ.

ލެބޯޓަރީގެ ހިދުމަތް ރަނގަޅުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ފާތިމަތު ވިދާޅުވީ ޕާރމަސޫޓިކަލް ކެޓަގަރީއަށް ފެތޭ ތަކެތި ގެންނަނަމަ ހޮސްޕިޓަލުގައި ފާމަސީއެއް ހުންނަ ޖެހޭކަމަށާއި ހޮސްޕިޓަލް ޕްރައިވެޓައިޒްވުމުން ލެބޯޓަރީއަށް ބޭނުންވާ ކެމިކަލް ފަދަ ތަކެތިގެނައުމަށް އަލުން އެމްއެފްޑީގެ އެޕްރޫވަލް ނަގަން ޖެހުމާއެކު އެތަކެތި ސްޓޯރޭޖް ކުރާތަނުގައި ވަކި ޝަރުތުތަކެއްވެސް ހުންނަން ޖެހޭތީ އެކަންކަމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ.

ހޮސްޕިޓަލްގެ ތަރައްގީ ކުރުމަށް އެންއައިއައިން ކުރަމުންދާ މަސައްކަތުގައި ކުޅުދުއްފުށީގެ ރައްޔިތުންނާއި ބޮޑު ތިލަދުންމަތީގެ ރައްޔިތުންގެ ފަރާތުން ދެއްވާ އެހީތެރިކަން ފާހަގަކޮށް ފާތިމަތުވަނީ ޝުކުރު އަދާކުރައްވާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355