twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޕިކްސެލް 2 ގެ ފޯނުތަކުގައި ބޮޑު މައްސަލައެއް

Oct 25, 2017

ގޫގޫލްގެ އާ ސްމާޓް ފޯން ޕިކްސެލް 2 އަދި ޕިކްސެލް 2 އެކްސްއެލްގެ ފޯނުތަކަށް ސްކްރީން އަނދާ މައްސަލައެއް ދިމާވެއްޖެއެވެ.

ޓެކް ރިވިއުވާރސް ބުނަނީ މި ފޯން 2 ހަފްތާ ވަންދެން ގެންގުނު މީހުންނަށް ޑިސްޕްލޭ އަނދާ މައްސަލަ ދިމާވެފައިވާ ކަމަށާއި އަނެއްބައި މީހުންނަށް ޑިސްޕްލޭއަށް ތަފާތު ކުލަ އަރާ މައްސަލައެއްވެސް ދިމާވެފައިވާ ކަމަށެވެ.

ގޫގުލްއިން ބުނަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

ޕިކްސެލްގެ 2 ގެ ފޯނުތަކަށް އެންމެ ފަހުން ނެރުނު އެޕަލްއަދި ސެމްގަންސް ފޯންތަކާއު ވާދަ ކުރަން ޖެހިފައިވާއިރު ގްލޯބަލް މާކެޓްގައި ޕިކްސެލްއަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

ޕިކްސެލް 2 އުފައްދާފައިވަނީ އެޗްޓީސީންނެވެ. އަދި ޕިކްސެލް 2 އެކްސްއެލް އުފައްދާފައިވަނީ އެލްޖީން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355