twitterviber whatsapp telegramfacebookyoutube instagram
31st October 2025

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމާއި ބެހޭގޮތުން ހިޔާލު ހޯދުމަށް ހުޅުވާލައިފި

Oct 24, 2017

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމާއި ބެހޭގޮތުން އާންމުންނަށް ހުޅުވާލައިގެން އާންމުގެ ހިޔާލު ހޯދުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުޅުވާލައިފި އެވެ.

މިއަދު އެ އިދާރާއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމާއި ބެހޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އެ އެޖެންސީގެ ވެބްސައިޓުގައި ހުޅުވާލާފައިވާ ކަމަށެވެ.

އީޕީއޭއިން މި ކަމަށް ހުޅުވާލާފައިމިވަނީ ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމާއި ދެކޮޅަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަޑުއުފުލަމުން ދަނިކޮށެވެ.

ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުގައި ފުރަތަމަ ދެ އަހަރު ތެރޭގައި އަޅާ ނިންމަން ވައުދުވި އެއާޕޯޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355