twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅި ހިއްކާތީ ފަސް ޖަމިއްޔާއަކުން ކަންބޮޑުވެއްޖެ

Oct 24, 2017

ކުޅުދުއްފުށީ މަށިކުޅި ހިއްކައިގެން އެއާޕޯޓެއް ހަދަން ސަރުކާރުން މަސައްކަތްކުރާތީ އެކަމާ ރާއްޖޭގެ ފަސް ޖަމިއްޔާއަކުން ކަންބޮޑުވުންފާޅުކޮށްފި އެވެ. މިކަމާ ކަންބޮޑުވުންފާޅުކޮށްފައިވަނީ ބިލީފް، އުތެމަ، ބުލޫ ޕީސް، އިކޯ ކެއާ މޯލްޑިވްސް އަދި ވޮއިސް އޮފް މޯލްޑިވްސް އެވެ.

ފަސް ޖަމްއިއްޔާއިން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީ ކުޅިއަކީ މުޅި ރާއްޖެއަށް މުހިންމު ޤައުމީ ތަރިކައެއް ކަމަށާއި ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ތަރައްގީގެ މަފުހޫމުގެ ހަމަތަކާއި އިމުގެތެރޭގައި ހިންގަން ޖެހޭ ތަރައްގީއެއްކަން ގަބޫލުކުރާ ކަމަށެވެ.

ކުޅުދުއްފުށި ކުޅި ހިއްކުމާ ގުޅޭ ތިމާވެށީގެ ރިޕޯޓް (އީއައިއޭ)ގައި ހުރި ކަންތައް ރައްޔިތުންނާ ހިއްސާކޮށް މަޝްވަރާ ކުރުމަށް އެ ބަޔާނުގައި ބުނެފައި އެވެ.

ބަޔާނުގައި ބުނެފައިވަނީ ކުޅިއަކީ ގިނަ އަންހެނުންތަކެއް އާއްމުދަނީ ހޯދުމަށް ރޯނުވެށުމަށް ބޭނުންކުރާ ބޮނބިފާކުރުމާއި ބުރެވިކޮށުމާއި ތިމާވެއްޓާ ރައްޓެހި އަގުހުރި މަސައްކަތްތަކެއް ކުރުމަށް ބޭނުންކުރާ ތަންތަނެއް ކަމަށެވެ. އަދި އެތަން ހިއްކާ ނައްތާލުމުން  އެމީހުންނަށް އިޔާދަނުކުރެވޭނެ އާމުދަނީ ދަތިކަން އިހުސާސްވާނެކަމުގެ ބިރު އޮތްކަމަށެވެ.

ކުޅުދުއްފުށީ ކުޅިއަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު މަށިކުޅިކަން ފާހަގަކުރަމުން ބަޔާނުގައި ބުނެފައިވަނީ އެއީ ހިމާޔަތްކުރަން ޖެހޭ އަގުހުރި ގައުމީ ގުދުރަތީ ތަރިކައެއް ކަމަށާއި ދުނިޔޭގެ ފެންވަރުގައި ކުޅީގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި ހިމެނޭ އިސްކޮށް ހަރަކާތްތެރިވާ ޖަމުއިއްޔާއެއްކަމުގައިވާ އައި. ޔޫ. ސީ. އެން ގެ ނެތި ހިނގައިދާނެކަމުގެ ބިރު ފާހަގަކުރާ ރަތް ލިސްޓުގައި ހިމެނޭ 8 ގަހުގެ ބާވަތް މިކުޅީގައި ހުންނަ ކަމަށެވެ.

އަދި ސުނާމީ އާއި މޫސުމީ ވިއްސާރައިން ރަށުގެ ފެންބޮޑުވުމުގެ ހާލަތުން ސަލާމަތްކޮށް ރައްކާތެރިކޮށްދޭ މުހިންމު ތަނެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355